އައްޑޫސިޓީ ފޭދޫގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާ، މީހަކަށް ގެއްލުމެއް ނުލިބޭ.

ހަބަރު

ކަރަންޓްޝޯޓެެއްގައި ފޭދޫގައި ގެއެއް އަނދައި އަޅިޔަށް، އަލިފާން މިހާރުވަނީ ނިއްވާލާފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 އޭޕުރިލް 2023 , އާދީއްތަ 22:06   332

އައްޑޫސިޓީ ފޭދޫގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއެއްގައި ގެއެއް އަނދައި ހުލިވެއްޖެއެވެ.

ރޯވެ އަނދާފައިވަނީ އައްޑޫސިޓީ ފޭދޫ އަލިވިލާގޭގައި ވަކިން ހަދާފައިހުރި އެޕާޓްމެންޓެއްގައެވެ.

މިޙާދިސާ ހިނގާފައިވަނީ މިރޭ، އިރު އޮއްސި 7.25 ގައި ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ. އަލިފާން ރޯވިގެ އެއްކޮށް އަނދައި އަޅިޔަށް ވެފައިވެއެވެ. އަލިފާން ރޯވިއރު އެއްވެސް މީހަކު ގޭގައި ނޫޅެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވަނީ ހިތަދޫ ފުލުސް ސްޓޭޝަނުންނެވެ. ސާޅީސް ވަރަކަށް މިނެޓްތެރޭ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި މިޙާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.