މިއީ ގޫގުލްގެ 25 އަހަރު ދިގު ތާރީޚުގައި އެންމެ ބޮޑު އުދާސްކަމަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅު

ޓެކްނޯލޮޖީ

ޗެޓްޖީޓީޕީގެ ޖަވާބުތައް ކޮޕީކުރަމުންދާކަމަށް ގޫގުލްއިން ދެކޮޅުހަދައިފި

އަލީ އަޒްޔަން - ދުނިޔެ | 3 އޭޕުރިލް 2023 , ހޯމަ 11:53   513

ޗެޓްޖީޓީޕީގެ ޖަވާބުތައް [ރެސްޕޮންސްތައް] ކޮޕީކުރަމުންދާކަމަށް ގޫގުލްއިން ދެކޮޅުހަދައިފިއެވެ.

ޗެޓްޖީޕީޓީ އަކީ އޯޕަންއޭއައި އިން ތަރައްގީކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެކެވެ. މި ބޮޓްގެ ބޭނުންކޮށްގެން ޓައިޕްކޮށްގެން ބޭނުން ކޮންމެ ސުވާލަކަށް ވަރަށް ފަސޭހައިން ޖަވާބު ހޯދެއެވެ. މި ބޮޓް ފުރަތަމަ ތަޢާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ. މިބޮޓް ތައްޔާރުކުރުމުގައި މައިކްރޯސޮފްޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ ފަހުން ދުނިޔޭގައި އެންމެ އަވަހަށް މިހާރު މަގްބޫލުވަމުން އަންނަ ވެބް ސައިޓް ވަނީ ވެގެން ގޮސްފައެވެ.

މިކަމާއި ގޫގްލް އިން އަންނަނީ ނުހަނު ކަންބޮޑުވަމުންނެވެ. އެކުންފުންޏަށް 25 އަހަރުތެރޭ ނުލިބޭހާ އުދާސްކަން މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ވަނީ ލިބިފައެވެ. ގޫގުލް އިން ވެސް މިކަމަށް ރައްދު ދިނުމުގެ ގޮތުން އަންނަނީ ހަމަަ އެފަދަ ބޮޓެއް "ގޫގުލް ބާރޑް" ގެ ނަމުގައި ތައްޔާރުކޮށް ފައްކާކުރަމުންނެވެ.

ނަމަވެސް، ގޫގުލްގެ ޖަބާވުތައް ޗެޓްޖީޕީޓީގެ ޖަވާބުތަކާއި މާބޮޑަށް އެއްގޮތްކަން ހުރުމުން އެކުންފުނިން ޗެޓް ޖީޕީޓީގެ ރެސްޕޮންސްތައް ކޮޕީ ކުރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ޚުދު ގޫގުލްގެ އިންޖިނިއަރަކު ވެސް ޢާއްމުފޯރަމެއްގައި މިކަމާއި ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. އެކަމަކު ގޫގުލް އިން ވަނީ މިކަން އިންކާރުކޮށްފައެވެ. އަދި ޗެޓްޖީޕީޓީގެ ޖަވާބުތައް ކޮޕީ ނުކުރާކަމަށް ބުނެފައެވެ.

"ޝެއާޖީޕީޓީ ނުވަތަ ޗެޓްޖީޕީޓީގެ އެއްވެސް ޑޭޓާއެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫން ބާޑް ތަމްރީނުކުރަމުން އަންނަނީކީ" ގޫގްލްގެ ތަރުޖަމާނަކު ދަ ވަރޖް އަށް ބުންޏެވެ. ނަމަވެސް ގޫގުލް އިން ދުވަހަކުވެސް ބާޑް ތަމްރީނު ކުރުމަށް ޗެޓްޖީޕީޓީން އުފައްދާ ޓެކްސްޓެއް ބޭނުންކޮށްފައިވޭތޯ ބުނެދޭން އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

"ގޫގުލް ބާރޑް" އަދި ރާއްޖޭގައި ބޭނުން ނުކުރެވެއެވެ. ނަމަވެސް ޗެޓްޖީޕީޓީގެ ޚިދުމަތް ރާއްޖޭގައި ތިބޭ ފަރާތްތަކަށް ވެސް ލިބެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.