އިނގިރޭސިވިލާތުގެ ބާޒާރެއްގެ މަންޒަރެއް

ވިޔަފާރި

އިނގިރޭސިވިލާތުގެ ތަކެތީގެ އަގުބޮޑުވާތީ މުސާރަބޮޑުކުރަން ޔޫނިއަންތަކުން ނިކުންނަނީ

އަލީ އަޒްޔަން - ޔޫރަޕް | 21 މާރޗް 2022 , ހޯމަ 01:28   161

މިއަހަރުގެ ފަހުކޮޅަށް އެޅޭއިރު، ތަކެތީގެ އަގަށް އަންނަ ބަދަލު މިނެކިރާ މިންގަނޑުން 8-10 ޕަސެންޓަށް، ބޮޑުވާނެކަމަށް އިނގިރޭސި މާލީ އެންމެ އިސް އިދާރާ 'ބޭންކް އޮފް އިންގްލެންޑް' އިން ހާމަ ކޮށްފިއެވެ.

މިއީ ފާއިތުވެދިޔަ 30 އަހަރުވެސް ނުދާހާ މައްޗަށް އަގުތައް އަރައިގެން ދާ ފަހަރެކެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މިހާރު ހިނގަމުންދާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ތެޔޮ ލިބޭ މިންވަރު ދަށްވުމެވެ.

ޔޫނިސަން، އިނގިރޭސިވިލާތުގެ ސަރުކާރު މުވައްޒަފުންގެ ޔޫނިއަން އަދި އެތަނުގެ އެންމެބޮޑު ޔޫނިއަން، އިން ވަނީ ތަކެތީގެ އަގު ބޮޑުވެފައިވާ މިންވަރަށްވުރެ ކުޑަނުވާގޮތަށް މުސާރައްތައް އިތުރުކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް ސަރުކާރުން ބުނަނީ އެކަން އެގޮތަށްކޮށްފިނަމަ އަމިއްލަ ވިޔަފާރިތަކުގެ މުސާތަކާއި ފަރަގުވާނެކަމަށެވެ. އަދި މީގެ ސަބަބުން އިތުރު ނުތަނަވަސް ކަމާއި ހަމަނުޖެހުމަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.