ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓްގައި ޝާޢިއުކޮށްފައިވާ ބައެއް އެސްޖީއިންގެ މަޢްލޫމާތުތައް

ހަބަރު

ކައުންސިލްތަކުގެ އެސްޖީންގެ މަޤާމުގެ ޝަރުތު ޑިގްރީ އިން ޑިޕްލޮމާއަށް ތިރިކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 އޭޕުރިލް 2023 , ބުދަ 10:45   339

ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލްތަކުގެ (ސެކްޓްރީ ޖެނެރަލް) އެސްޖީންގެ މަޤާމުގެ ޝަރުތު، ޑިގްރީ އިން ޑިޕްލޮމާ ފެންވަރަށް ތިރިކޮށްފިއެވެ.

އެސްޖީ އިންނަކީ ކައުން އިދާރާތައް ހިންގުމުގައި ޒިންމާދާރު އެންމެ އިސް ފަރާތެވެ.

މިކަމާއިގުޅިގެން ސިވިލް ސާވިސް ކަމިޝަނުން ބުނެފައިވަނީ މިބަދަލު ގެންނަން ޖެހުނީ އެކަށީގެންވާ މިންވަރަށް އެމަޤާމަ މީހުން ކުރިމަތި ލުމުގައި ތަރުޙީބު ނުލިބޭތީ އާއި މަޤާމަށް ނެގިފައިވާ ބައެއް ފަރާތްތަކުން ވެސް އިސްތިޢުފާދެމުންދާތީއެވެ.

މި ބަދަލާއި އެކު ސިވިލް ސާވިސް ކަމިޝަނުން ވަނީ 38 ކައުންސިލަކަށް އަލުން އެސްޖީން ހޯދުމަށް އިޢްލާނުކޮށްފައެވެ. މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު،ލިސްޓުގައި ހިމެނޭ ގިނަ ރަށްތަކަކީ އުތުރަށް ނިސްބަތްވާ ރަށްތަކެވެ.

މިއިން ކޮންމެ މީހަކަށް 15،000 އާއި 21،000 ދެމެދުގެ ޢަދަދެއް މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

ކައުންސިލްތަކަށް އެސްޖީން ނަގަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޓެގްސް: އެލްޖީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.