މެޗުގެ މޭން އޮފްދަމެޗް، މަރަދޫ ޔުނައިޓެޑްގެ ޖޯޒީ ނަމްބަރު 17، އިސްމާޢިލް ވަޖީޙް

ހަބަރު

ގޯދިއްޔާ ފުޓުސަލް 2023 : ފުރަތަމަ މެޗުގައި މަރަދޫ ޔުނައިޓެޑުން މޮޅަށްކުޅެ ޒެފިއާ ބަލިކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 އޭޕުރިލް 2023 , ބުރާސްފަތި 20:24   553

ގޯދިއްޔާ ފުޓުސަލް 2023 މުބާރާތުގައި، ފުރަތަމަ މެޗުގައި މަރަދޫ ޔުނައިޓެޑުން ނިކުމެ ވަރުގަދަ ރީތި ކުޅުމެއްދައްކައި 5-0 ގެ ނަތީޖާއަކުން ޒެފިއާ ބަލިކޮށްލައިފިއެވެ.

މެޗުގެ ކުޅުން އޮތީ މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގައި ރޭ 9.30 ގައެވެ.

މެޗުގައި ފުރަތަމަ ގޯލެއް ޖެހީ މަރަދޫ އެފްސީއިންނެއެވެ. އިތުރު ދެ ގޯލްޖަހައި ފުރަތަމަ ހާފް ނިމުނުއިރު 3-0 ގެ ނަތީޖާއަކުން މަރަދޫ ޔުނައިޓެޑް އޮތީ ކުރީގައެވެ.

މަރަދޫ ޔުނައިޓެޑުން ފުރަތަމަ ހާފުގައި ފައުލެއްކޮށްފައި ނުވިނަމަވެސް، ދެވަނަ ހާފުގައި ޕްރެޝަރު ބޮޑުވެ 5 ފައުލް ހަމަވުމުން ޒެފިއާއަށް ޕެނަލްޓީއެއްވެސް ލިބިފައިވެއެވެ. ނަމަވެސް، މެޗު ނިމުނުއިރު ޖެހުނީ ތިންގޯލެވެ.

މެޗު ނިމުނުއިރު ނަތީޖާއަކީ 3-5 އެވެ. އެހެންކަމުން މިއީ މަރަދޫ އެފްސީއަށް ވަރަށް ވެސް ރަނގަޅު ފެށުމެކެވެ.

މެޗުގައި ޒެފިއާ އަށް ގޯލު ޖަހައިދީފައިވަނީ ތިލްމީޒު، ދާނިޝް، އަދި އީމާނެވެ. މަރަދޫ އެފްސީން ވަޖީހު ވަނީ 3 ގޯލުޖަހައި ހެޓްރިކް ހަދާފައެވެ. ޖުމެއިލް ވެސް ދެގޯލް އެޓީމަށް ޖަހައިދިނެވެ.

މެޗުގެ މޭން އޮފްދަ މެޗަކީ، މަރަދޫ ޔުނައިޓެޑްގެ ޖޯޒީ ނަމްބަރު 17، އިސްމާއިލް ވަޖީހް އެވެ.

މެޗުގެ ރެފްރީ އަކީ މުޙައްމަދު އިމްތިޔާޒެމެވެ.

މުބާރާތުގައި މިރޭ ދެމެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މައިލޯ ސިޓީ އަދި ޒެލޯން އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ސްޕްރިންޓް އަދި ފްރެންސްޑް ކްލަބެވެ.

މެޗުގެ ފޮޓޯތައް

މެޗުގެ ލައިވް ވީޑިއޯ ސްޓީމް

ޓެގްސް: ގޯދިއްޔާ ފުޓްސަލް ފުޓްސަލް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.