މެޗުގެ މޭން އޮފް ދަ މެޗް - މައިލޯ ސިޓީގެ އަލީ ލިރުއާމް

ހަބަރު

ގޯދިއްޔާ ފުޓްސަލް 2023 : މައިލޯސިޓީ، ލިރުޢާމްގެ 3 ގޯލާއިއެކު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޭޕުރިލް 2023 , ހުކުރު 10:59   387

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި، ބުރާސްފަތި ދުވަހުގެރޭ، މައިލޯ ސިޓީ އިން ޒިލޯން އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ގްރޫޕް ސްޓޭޖްގައި ހަމަޖެހިލައިފިއެވެ.

މިއީ މުބާރާތުގެ ދެވަނަމެޗެވެ. މައިލޯ ސިޓީއިން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މައިލޯ ސިޓީގެ ޖޯޒީ ނަމްބަރު 7، އަލީ ލިރުޢާމް ވަނީ 3 ގޯލުޖަހައި ހެޓްރިކް ހަދަފައެވެ. އަދި މެޗުގެ މޭން އޮފްދަމެޗްކަން ވެސް ހޯދާފައިވަނީ އޭނާއެވެ. އޭނާގެ އިތުރުން ޖޯޒީ ނަމްބަރު 9، އަލީ ޙާފިޒް ވެސް ވަނީ އެޓީމަށް ގޯލެއް ޖަހައިދީފައެވެ.

ޒިލޯންގެ ހަމައެކަނި ގޯލު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 12، ހުސެން ޝާމިން އެވެ.

މެޗުގެ ހަމަ އެކަނި ރީނދޫ ކާޑު ދައްކާފައިވަނީ ފުރަތަމަ ހާފުގައި ޒިލޯން ޓީމުން ޖޯޒީ ނަމްބަރު 10، ހުސެން އައިކް އަށެވެ.

ފައުލްތަކަށް ބަލާއިރު މައިލޯސިޓީއިން ފުރަތަމަ ހާފުގައި ފައުލެއްކޮށްފައި ނުވިނަމަވެސް ދެވަނަ ހާފުގައި 3 ފައުލްކޮށްފައިވެއެވެ. ޒިލޯން ޓީމުން ޖުމްލަ 5 ފައުލެއްކޮށްފައިވެއެވެ.

މެޗުގައި ރެފްރީކަންކޮށްފައިވަނީ މުޙައްމަދު އިމްތިޔާޒުގެ އިތުރުން މާއިޝް މުޙައްމަދެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ސްޕްރިންޓް އަދި ފްރެންޑްސް ކްލަބެވެ. މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މައިލޯ ސިޓީ ދެން މިމުބާރާތުގައި ދެން ކުޅޭނީ 8 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ރެއެވެ. އެރޭ 10.30 ގައި ކުޅޭ މެޗުގައި މައިލޯސިޓީ އިން ނިކުންނާނީ އެފްސީ ޒެފިއާ އާއި ދެކޮޅަށެވެ. ޒެފިއާ މަރަދޫ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުން، މިއީ ޒެފިއާ އަސް މުބާރާރުގައި ދެމިއޮތުމަށް ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެއެވެ.

ހަމައެހެންމެ އެރޭގެ ފުރަތަމަ މެޗުގައި ޒިލޯނުން މަަރަދޫ ޔުނައިޓެޑް އާއި ދެކޮޅަށް ނިކުންނާނެއެވެ.

މެޗުގެ ފޮޓޯތައް

ޓެގްސް: ގޯދިއްޔާ ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.