މެޗުގެ މޭން އޮފްދަމެޗް، ފްރެންޑްސް ކްލަބްގެ ޖޯޒީ ނަމްބަރު 4، ހުސެން ނާސްދިދު

ހަބަރު

ގޯދިއްޔާ ފުޓްސަލް 2023 : އެފްސީ ސްޕްރިންޓް އާއި ފްރެންޑްސް ކްލަބް ކުޅުނުމެޗު އެއްވަރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޭޕުރިލް 2023 , ހުކުރު 11:22   426

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ މެޗް ނިމުނީ ކޮންމެ ޓީމަކުން 1 ގޯލު ޖަހައި އެއްވަރުވެގެންނެވެ.

މިއީ މުބާރާތުގައި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗެވެ.

އެފްސީ ސްޕްރިންޓްގެ ހަމައެކަނި ގޯލް ޖަހައި ދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 6 އަހުމަދު ޙަބީބެވެ. ފްރެންޑްސް ކްލަބްގެ ގޯލު ޖަހައިދިނީ ޖޯޒީ ނަމްބަރު 2، ހުސެން ނަސްދިދެވެ.

މެޗުގައި ސްޕްރިންޓު ޓީމުން ހާޒިމަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ.

މެޗުގައި ރެފްރީ ކަންކޮށްފައިވަނީ މާއިޝް އާއި އިމްތިޔާޒެވެ.

މުބާރާތުގައި ފްރެންޑްސް ކްލަބުން ދެން ނިކުންނާނީ ޔަންގް ވަންސް އާއި ދެކޮޅަށެވެ. ހަމަ އެހެންމެ ސްޕްރިންޓުން ވެސް ޔަންގް ވަންސް އާއި ދެކޮޅަށް ކުޅޭނެއެވެ.

މެޗުގެ ފޮޓޯތައް

ޓެގްސް: ގޯދިއްޔާ ފުޓްސަލް ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.