މެރިން ޕަވާ ގޯދިއްޔާ ފުޓްސަލް ކަޕް 2023 ގައި ފޯލޭންޑް އަދި އެފްސީ އަފިރިން ބައްދަލުކުރި މެޗު ނިމުނީ، ފޯލޭންޑަށް ފަސޭހަ މޮޅަކާއިއެކުއެވެ.
މަރަދޫފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަށްކުޅެ ފޯލޭންޑުން ވަނީ ހަތަރު ގޯލް ޖަހާފައެވެ. އެފްސީ އަފިރިން ޓީމަށް ގޯލެއް ޖެހިފައި ނުވެއެވެ.
މިއީ ދެޓީމުން ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

ފޯލޭންޑް ޓީމުން، މެޗުގެ މޭން އޮފްދަމެޗްކަން ވެސް ހޯދި ހަސަން ޒައިދާން މުޙައްމަދު އަލީ (10) ވަނީ ދެގޯލު ޖަހައިފައެވެ. އޭނާގެ އިތުރުން އަހުމަދު ޒަޔާން ރިޔާޒު (9) ވެސް ވަނީ ދެގޯލު ޖަހައިދީފައެވެ.
މެޗުގައި ޒައިދާންގެ އިތުރުން، އަފިރިން ޓީމުން އަޒީން އަށް ރީނދޫކާޑު ދައްކާފައިވެއެވެ.
މެޗުގެ ރެފްރީކަން ކޮށްފައިވަނީ އިބްރާހިމް މުޙައްމަދުގެ އިތުރުން މުޙައްމަދު އިމްތިޔާޒުއެވެ.
މުބާރާތުގައި ފޯލޭންޑުން ދެން ބައްދަލުކުރާނީ އެސްކޭޕީ ޔުނައިޓެޑް އާއި އެވެ. މެޗު އޮންނާނީ 9 އޭޕްރީލްގައެވެ. ހަމައެހެންމެ އެފްސީ އަފިރިން ޓީމުން ވެސް އެސްކޭޕީ ޔުނައިޓެޑް އާއި ދެކޮޅަށް 12 އޭޕްރިލްގައި ކުޅޭނެއެވެ.