މިއީ މުބާރާތުގެ މިހާތަނަށް އެންމެ ފޯރިގަދަ މެޗު. މެޗުގެ މޭން އޮދްދަމެޗްކަން ހޯދާފައިވަނީ ޒެފިއާގެ ޖ30، މުޙައްމަދު އިއުޝަލް

ހަބަރު

މެރިންޕަވާރ ގޯއްދިއްޔާ ފުޓްސަލް 2023 : ޒެފިއާ އަދި މައިލޯސިޓީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 އޭޕުރިލް 2023 , އާދީއްތަ 12:47   381

މެރިންޕަވާރ ގޯއްދިއްޔާ ފުޓްސަލް ކަޕް 2023 ގައި ޒެފިއާ އިން ވަރުގަދަ ރީތި ކުޅުމެއް ދައްކައި މައިލޯސިޓީ ބަލިކޮށްފިއެވެ.

މިއީ މުބާރާތުގައި ކުޅޭ ހަތްވަނަ މެޗެވެ. ރޭގެ މެޗު ނިމުނީ 4-2 ގެ ނަތީޖާއަކުންނެވެ.

މިއީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި އެންމެ ވާދަވެރި ދެ ޓީމްވެސް މެއެވެ. ޒެފިއާ މުބާރާތުގައި ކުޅުނު ފުރަމަ މެޗު މަރަދޫ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅެ ވަނީ ބަލިވެފައިވުމާއި އކު ރޭގެ މެޗަކީ ޒެފިއާ އަށް މުބާރާތުގައި ދެމިއޮތުމަށް ވަރަށް މުހިއްމު މެޗެކެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ވެސް ޖެހީ ޒެފިއާއިންނެވެ. ނަމަވެސް ފުރަތަމަ ހާޕް ނިމެން އުޅެނިކޮށް މައިލޯސިޓީއިން ގޯލެއްޖަހައި އެއްވަރުކުރިއެވެ.

ޒެފިއާ އަދި މައިލޯސިޓީ ބައްދަލުކުރި މެޗުގެތެރެއިން

ޒެފިއާގެ ޖޯޒީ ނަމްބަރު 30، މުޙައްމަދު އިންޝަލް ވަނީ މެޗުގައި ދެގޯލު ޖެހުމުގެ އިތުރުން މޭންއޮފްދަ މެޗުކަން ވެސް ހޯދާފައެވެ. އޭނާގެ އިތުރުން އެޓީމަށް ގޯލްޖައިދިނީ ޖޯޒީ ނަމްބަރު 9، އީމާން ނަޒީރު އާއި ޖޯޒީ ނަމްބަރު 21 އިބްރާހިމް އައްޒާމްއެވެ.

މައިލޯ ޓީމުން ގޯލު ޖަހާފައިވަނީ ރަފާޙު އަދި ފައުޒީއެވެ.

މެޗުގެ ރެފްރީކަންކޮށްފައިވަނީ ޒިޔާދު އަދި އިބްރާހިމްއެވެ. ތިންވަނަ ރެފްރީއަކީ މާއިޝްއެވެ.

މުބާރާތުގައި ޒެފިއާ މާދަމާރޭ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ ޒިލޯންއާއިއެވެ. ހަމައެހެންމެ މައިލޯސިޓީ އިން މަރަދޫ ޔުނައިޓެޑް އާއި ދެކޮޅަށް ނިކުންނާނީ 11 އޭޕްރީލްގައެވެ.

ޓެގްސް: ގޯދިއްޔާ ފުޓްސަލް ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.