މެރިން ޕަވަރަ ގޯދިއްޔާ ފުޓްސަލް މުބާރާތް 2023 ގައި، ހޮނިހިރު ދުވަހުގެރޭ މަރަދޫ ޔުނައިޓެޑް އަދި ޒެލޯން ބައްދަލުކުރި މެޗް ނިމުނީ 1-1 ގެ ނަތިޖާއިން އެއްވަރުވެގެންނެވެ.
މަރަދޫ ޔުނައިޓެޑް މުބާރާތުގެ ފުރަތަމަ މެޗުގައި ޒެފިއާ އާއި ދެކޮޅަށްކުޅެ މޮޅުވެފައިވެއެވެ. ޒެލޯން މީގެ ކުރިން ކުޅެފައިވަނީ މައިލޯސިޓީ އާއި ދެކޮޅަށެވެ. އެ މެޗް ނިމުނީ 4-1 މައިލޯ މޮޅުވެގެންނެވެ.

ރޭގެ މެޗުގައި މަރަދޫ ޔުނައިޓެޑް އިން ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ ޖޯޒީ ނަމްބަރު 7 ހަސަން ޝިއުޒް އެވެ. ޒެލޯންގެ ގޯލް ޖަހައިދިނީ ޖޯޒީ ނަމްބަރު 11 ހަސަން އަތޫފް އެވެ. އޭނާ ވަނީ މެޗުގެ މޭން އޮފްދަމެޗްކަން ވެސް ހޯދާފައެވެ.
މަރަދޫ ޔުނައިޓެޑުން ހުސެން ވިފާގް (4) އަދި އިސްމާޢިލް ވަޖީޙަށް (17) ރީނދޫކާޑު ދައްކާފައިވެއެވެ. އަދި ނެލޯން އިން އިބްރާއިމް އަލްޒަމް (14) އަށް ދެރީނދޫ ހަމަވުމުން ރަތްކާޑު ދައްކާފައިވެއެވެ. މިއީ މުބާރާތުގައި ދެއްކުނު ފުރަތަމަ ރަތްކާޑެވެ.
މެޗުގެ ރެފްރީކަންކޮށްފައިވަނީ އަބްދުﷲ މުޙައްމަދު އަދި މުޙައްމަދު އިމްތިޔާޒް އެވެ.
ޒެލޯން ދެން ބައްދަލުކުރާނީ ޒެފިއާ އާއިއެވެ. އަދި މަރަދޫ ޔުނައިޓެޑް ބައްދަލުކުރާނީ މައިލޯސިޓީ އާއިއެވެ.