ލިންކްރޯޑުގައި، ވެމްކޯއިން ބަލަހައްޓާ ކުނިކޮށީގައި ރޯވެ އަނދަމުންދާ މަންޒަރު

ހަބަރު

ހިތަދޫ ވެމްކޯ ކޮނިކޮށީގައި ރޯވެ އަނދަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 އޭޕުރިލް 2023 , ހޯމަ 18:47   112

އައްޑޫ ސިޓީގައި ހުންނަ ވެމްކޯގެ ކަލެކްޝަން ސެންޓަރު (ހިތަދޫ ކުނިކޮށީގައި) ގައި އަލިފާންރޯވެ އަނދަމުންދާކަމުގެ މަޢްލޫމާތު ލިބިއްޖެއެވެ.

ހިތަދޫ ކުނިކޮށީގައި ރޯވެފައިވަނީ މިއަދު ހަވީ 5 ޖަހަން އުޅެނިކޮށެވެ.

އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ކުނިއެއްކުރަމުން ދަނީ މިކުނިކޮށްޓަށެވެ. ދޭތެރެ ދޭތެރެއިން މިތަނގައި އަލިފާނުގެ ޙާދިސާތައް ހިނގަމުންދިއުމާއިއެކު، އައްޑޫގެ ލިންކުރޯޑް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާންޖެހެއެވެ.

މިސަރަޙައްދަކީ ބައެއް ދަނޑުބިންތަކުގެ އިތުރުން، ވެމްކޯގެ މުވައްޒަފުން ފިޔަވައި މީހުން ދިރިއުޅޭ ހިސާބެއް ނޫނެވެ.

އެސަރަޙައްދުގަައި ފުލުހުންގެ ފަޔާރ ވެހިކަލްތައް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.

20.20 - އަލިފާން ގަނޑު އަދިވެސް ނިވާނުލެވޭ

00.40 - އަލިފާން ގަނޑުން ބައެއް ކޮންޓްރޯލްކުރެވުނު ނަމަވެސް، އެހެން ދިމަ ދިމާލުން އަނެއްކާވެސް ވަރަށް ބޮޑަށް އަލިފާންގަނޑުވަނީ ފެތުރިފައި. ފުލުހުންގެ ވަޞީލަތްތައް މަދުވެފައި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި މާބޮޑު މަސައްކަތްތަކެއް ކުރެވޭތަނެއް ނުފެނޭ.

މިޙާދިސާގައި މިހާތަނަށް އެއްވެސް ގެއްލުމެއް ނުވަތަ ނުރައްކަލެއް ހުރިކަމުގެ މަޢްލޫމާތު ލިބިފައިނުވެއެވެ.

ލިޔުމާއިގުޅޭ ވީޑިއޯ ފުޓޭޖް

ޓެގްސް: އަލިފާނުގެ ޙާދިޝާ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.