ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު

ހަބަރު

ސަރުކާރުން އަނެއްކާވެސް 3.3 ބިލިއަން ރުފިޔާގެ ޓީބިލް (ދަރަނީގެގޮތުގައި) ވިއްކައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޭޕުރިލް 2023 , އަންގާރަ 14:19   216

މިހަފްތާ ތެރޭގައި ސަރުކާރުން ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކައިގެން ދަރަނި ފައިސާގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނެރެފިއެވެ.

ޓީ-ބިލް އަކީ އާންމުންގެ އަތުން ފައިސާ ހޯދުމަށް ސަރުކާރަކުން ދޫކުރާ ކުރު މުއްދަތުގެ ދަރަނީގެ ވަސީލަތެކެވެ.

ޢާއްމުގޮތެއްގައި މިފައިސާ ހޯދަނީ ވަރަށްކުރު މުއްދަތެއްގައި އިންޓަރެސްޓަކާއި އެކު ފައިސާ އަނބުރައި ދޭގޮތަށެވެ.

ސަރުކާރުން ބުނެފައިވަނީ ސަރުކާރުން ޓްރެޝަރީ ވިއްކުމަށް ހުޅުވާލުމުން 26 ފަރާތަކުން ބިޑްކޮށްފައިވާކަމަށެވެ. ނަމަވެސް ކުރީ ކޮން ފަރާތްތަކެއް ކަމާއި، ބިޑްތައް ކާމިޔާބުކުރީ ކޮންފަރާތްތަކަކުންކަން ބުނެދީފައިނުވެއެވެ.

ޖުމްލަ 3.3 ބިލިއަން ރުފިޔާގެ ޓ-ބިލް ސަރުކާރުން ވިއްކާފައިވާއިރު، އަނބުރާ ދައްކަންޖެހޭ މުއްދަތުތައް ތަފާތެވެ.

  • 589 މިލިއަން ރުފިޔާ - 1 މަސް ދުވަސް
  • 477 މިލިއަން ރުފިޔާ - 3 މަސް ދުވަސް
  • 200 މިިލިއަން ރުފިޔާ - 6 މަސް ދުވަސް
  • 2.09 ބިލިއަން ރުފިޔާ - 1 އަހަރު ދުވަސް

ސަރުކާރުން ގިނަ ޢަދަދަކަށް ދަރަނި ނަގަމުން އަންނައިރު، ދަރަންޏަށް ހޯދާ ފައިސާ ބޭނުން ކުރާގޮތުގައި ތަފްޞީލްތައް ވެސް ޢާއްމުކޮށްފައިނުވެއެވެ. ނަމަވެސް، މަޢްލޫމާތު ލިބޭގޮތުގައި ދަރަނި ފައިސާގެ ބޮޑުބައި ޚަރަދުކުރަނީ މުސާރަ ދިނުން ފަދަ ރިކަރެންޓް ޚަރަދުތައް ކުރުމަށެވެ.

ޓެގްސް: ސަރުކާރު ފިނޭންސް މިނިސްޓްރީ ދައުލަތުގެ ބަޖެޓް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.