އިނގިރޭސިވިލާތަކީ މި އަހަރު ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ ދަށް އެއް އިގްތިސާދު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
އެ މުއައްސަސާއިން ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކޮށްފައިވާ ރަޝިޔާ ހިމެނޭ ޖީ20 (ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ވިހި ޤައުމުގެ ލިސްޓް) ގެ ނަމުން މަޝްހޫރު 20 އިގްތިސާދުގެ ތެރެއިން 2023 ވަނަ އަހަރު އެންމެ ގޯސްވާނީ އިނގިރޭސިވިލާތުގެ އިގްތިސާދުގެ ކުރިއެރުން ކަމަށެވެ.
އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި އަހަރު އިނގިރޭސިވިލާތުގެ އިގްތިސާދު މިދިޔަ އަހަރަށްވުރެ ކުޑަވާނެ ކަމަށާއި ނަމަވެސް މިއީ އެންމެ ފަހުން ލަފާކުރި މިންވަރަށް ވުރެ ކުޑަ ކުރިއެރުމެއް ކަމަށެވެ.
އަދި ދުނިޔޭގެ މާލީ ނިޒާމަށް "ބަނަ މަގެއް" އަންނާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
އެއީ މިދިޔަ މަހު އެމެރިކާގެ ދެ ބޭންކެއް އަޑިއަށްދިޔަފަހުން، ސްވިސްގެ ބޭންކްތަކުގެތެރެއިން އެންމެ ބޮޑުއެއް ބޭންކްކަމަށްވާ ކްރެޑިޓް ސުއިސް ވާދަވެރި ޔޫބީއެސް އިން ކުއްލިއަކަށް ގަތުމާ ވެސް ގުޅިގެންނެވެ.
އައިއެމްއެފް އިން ކުރިން ލަފާކޮށްފައި އޮތީ މި އަހަރު އިނގިރޭސިވިލާތުގެ އިޤްތިޞޯދު ދަށަށް ގޮސް ޖީ7 ގެ ލިސްޓުގެ އެންމެ ފުލަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ކޮވިޑް-19 އާ ގުޅިގެން 2022 ވަނަ އަހަރު އިނގިރޭސިވިލާތް ވަނީ ގްރޫޕްގެ އެންމެކުރި ހޯދާފައެވެ.
މިހާރު ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދު 2023 ވަނަ އަހަރު %0.3 އަށް ދަށްވެ، ދެން އަންނަ އަހަރު %1 ކުރިއަރާނެ އެވެ.
މިއަހަރަކީ އިނގިރޭސިވިލާތަށް އެންމެ ދަށް އިގްތިސާދީ ނަތީޖާއެއް ލިބޭނެ ކަމަށް ލަފާކުރެވުނު އަހަރު ނަމަވެސް، އައިއެމްއެފް އިން އެންމެ ފަހުން ލަފާކުރި ގޮތުގައި ކުރިން ލަފާކުރި %0.6 ގެ ކޮންޓްރެކްޝަން އަށް ވުރެ ތަންކޮޅެއް ރަނގަޅުވާނެވެ.