ޕާޓްނަރުންނާއެކު ބޭއްވުނު ޙަފްލާގެ ތެރެއިން

ހަބަރު

ދިވެހި ފިލްމް "ނޫރާ"، ޕާޓްނަރުންނާއިއެކު ސޮއިކުރުން އައްޑޫސިޓީގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޭޕުރިލް 2023 , ބުދަ 00:13   445

ގްރީން އާޓް ސްޓޫޑިއޯ ތައްޔާރުކޮށްފައިވާ ދިވެހި ފިލްމް "ނޫރާ" ގެ އިވެންޓް ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ޙަފްލާ އައްޑޫސިޓީގައި ބާއްވައިފިއެވެ.

މިޙަރަކާތް އޮތީ އައްޑޫސިޓީ ހިތަދޫ ލަކޫސިނާ ރެސްޓޯރެންޓްގައެވެ.

ގްރީންއާޓްސް އިން ބުނެފައިވަނީ، މިފިލްމަކީ ސައްތައިންސަައްތަ އައްޑޫސިޓީގައި މަސައްކަތް ފުރިހަމަކުރަމުންދާ ފިލްމެއްކަމަށެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ތަރިން ހިމެނެއެވެ. އޭގެތެރޭގައި، އައިމިނަތު ނޫރާ، .މަރިޔަމް ޝަހުޒާ އަދި އަހުމަދު އަމަން އަލީ ހިމެނޭ އިރު އަރަމުން އަންނަ ތަރިންގެ ތެރޭގަ ހިމެނޭ ޖިމްޝާދު ޝަރީފު، އައިމިނަތު ވަހީދާ، އިބުރާހިމް އަލީ، މުޙައްމަދު އަޒްމީލް، ޝަމްސުއްނިސާ، ނަޖުދު އާދަމް، އަހުމަދު ރިފްއަތު، މުޙައްމަދު އަމީލް، އަހުމަދު ޝިފާއު، އަދި މުހައްމަދު މަދީން ހިމެނެއެވެ.

ފިލްމް ނޫރާގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރީ މަރިޔަމް ޝަހުޒާއެވެ. މި ފިލްމްވެގެންދާނީ ގްރީން އާރޓްސް ސްޓޫޑިއޯގެ ވެސް ފުރަތަމަ ފިލްމަށެވެ.

ގްރީން އާޓްސް އިން މަޢްލޫމާތު ދެއްވިގޮތުގައި، މިއަދު ސޮއިކުރެވުނު ޕާޓްނަރުންނާއިއެކު މަސައްކަތްކުރާނީ، އޭޕްރިލް މަހުގެ 22 ވަނަ ދުވަހު އައްޑޫ ސިޓީ ސްކޮއެއާ ގައި ބޭއްވިގެންދާ ޕޯސްްޓާ ރިލީޒިންގ އިވެންޓް ފުރިހަމަ އިވެންޓެއްގެ ގޮތުގައި ހެދުމުގެ މަސައްކަތަށެވެ.

ޖުމްލަ 24 އަށް ވުރެ ގިނަ ޕާޓްނަރުންނާއިއެކު މިއަދު ސޮއިކޮށްފައިވެއެވެ.

މިޚަބަރާއި ގުޅޭ ފޮޓޯތައް

ޕާޓްނަރުންގެ ލިސްޓު

  • އެސޯސިއޭޓު ޕާޓުނަރ: އައްޑީސިޓީ ކައުންސިލް
  • ޕްރިންޓިން ޕާޓުނަރ: ކޮންޓްރޯލް ޕީ
  • ސައުންޑު އެންޑް ލައިޓު ޕާޓްނަރ: ސިޓީ ވައިބް
  • ބޭންޑު ޕާޓްނަރ: ވައިޓް ޓަރން
  • މީޑިއާ ޕާޓްނަރ: ވަގުތު
  • ސްޓްރީމިން ޕާޓްނަރ: އެކްސްޕްރެސް ނިއުސް
  • އެހެނިހެން މީޑިއާ: ހަލި ނިއުސް، މުނިއަވަސް
  • އިވެންޓު މެނޭޖިން ޕާޓްނަރ: ޓައިޓޭން މޯލްޑިވްސް
  • އެކްސްޕޯ ޕާޓްނަރ: ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ
  • ރެސްޓޯރެންޓް ޕާޓްނަރ: ލަ ކުސީނާ
  • ގެސްޓްހައުސް ޕާޓްނަރ: ވިސްޓާ ވިލާ
  • މިޔުޒިކް ޕާޓްނަރ: ޓިޔުން އައްޑޫ
  • އެފެލިއޭޓު ޕްޓްނަރސް:
  • އައްޑޫ އެޑްވޮކޭޓްސް ޗެމްބަރސް
  • އީކުއޭޓަރ ވިލެޖު
  • ޝާޢިރުންގެ ވާދީ
  • އައްޑޫ މޮޓޯރޭސިން އެސޯސިއޭޝަން
  • އައްޑޫ ސްޓަންޓް ރައިޑަރސް
  • ދުންމާރި ބޮޑުބެރު ގްރޫޕް
  • ސަމްޕީ
  • މައިލޯސިޓީ
  • ބާބަގާޑިޔާ
  • ލިބޭ
  • އިންކުއިޒް
ޓެގްސް: ދިވެހި ފިލްމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.