ނޯތްކޮރެއާގެ ރައީސް، ބެލިސްޓިކް މިސައިލެއް ޓެސްޓްކުރަނީ

ދުނިޔެ

ނޯތް ކޮރެއާއިން މަނާކޮށްފައިވާ ބައްރު ހުރަސްކުރާ ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 24 މާރޗް 2022 , ބުރާސްފަތި 23:16   195

ނޯތް ކޮރެއާއިން މަނާކޮށްފައިވާ ބައްރުތައް ހުރަސްކުރެވޭވަރުގެ ދުރު ރާސްތާ (އިންޓަރކޮންޓިނެންޓަލް) ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފިކަށް ސައުތު ކޮރެއާ އަދި ޖަޕާނުން ބުނެފިއެވެ.

މިއީ 2017 ގެ ފަހުން ނޯތް ކޮރެއާއިން މިފަދަ މިސައިލެއް ޓެސްޓްކުރި ފުރަތަމަ ފަހަރެވެ.

ޖަޕާނުގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ، މި ސައިލަކީ މީގެ 5 އަހަރު ކުރިން ނޯތް ކޮރެއާއިން ޓެސްޓްކުރި މިސައިލަށްވުރެ އާ އަދި ބާރުގަދަ މިސައިލެއް ކަމަށެވެ. މިމިސައިލް 6،000 ކިލޯމީޓަރު (3،730 މައިލްސް) މަތިން، އެއްގަޑިއިރު ތެރޭ އެ މިސައިލް 1،100 ކިލޯމީޓަރ (648 މޭލް) އަށް ދަތުރުކުރުމަށްފަހު ޖަޕާނު ކަނޑަށް ވެއްޓުނުކަމަށެވެ.

މިޓެސްޓްގެ ސަބަބުން އަވައްޓެރި ގައުމުތަކާއި އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ. މިހާރު ނޯތްކޮރެއާގެ މިސައިލްތައް އެމެރިކާއަށް ފޮނުވާލެވޭ ވަރަށް ގާބިލްކަން ހުރިކަމަށް ބެލެވެއެވެ.

ފާއިތުވެރިދިޔަ ހަފްތާތަކުގެ ތެރޭގައި އެގައުމުން މިސައިލް ޓެސްޓުކުރުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.