އަޖީއެމްއެޗް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް

ހަބަރު

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިސްތިމާސްކޮށްފި : އައިޖީއެމްއެޗް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޭޕުރިލް 2023 , ހޮނިހިރު 11:48   234

ކުޑަކުދިން ކޮވިޑުން ރައްކާތެރިކުރުމަށް ވެކްސިން ދިނުމަށް އައިޖީއެމްއެޗްގެ ފަރާތުން އިލްތިމާސްކުރައްވއިފިއެވެ.

އައިޖީއެމްއެޗްގެ ފަރާތުން މިގޮތަށް އިލްތިމާސްކުރެއްވާފައި މިވަނީ ތުއްތު ތިން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އެޑްމިޓްކޮށް ފަރުވާދެމުންދާ ދަނޑިވަޅެއްގައެވެ.

އައިޖީއެމްއެޗުން މަޢްލޫމާތު ދެއްވާފައިވާ ގޮތުގައި މަވުތުގު ފަރުވާ ދެމުންދަނީ ދެ މަހުގެ ދެ ކުދިންނަށާއި އެއް އަހަރުގެ ކުއްޖަކަށެވެ. އަދި މިތަނުން އެއްކުއްޖަކު ކޮވިޑް ޖެހުމަށްފަހު ފިޓް ވެސް ޖެހިފައިވާކަމަށް މަޢްލޫމާތު ދެއްވިއެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވަނީ ކޮވިޑް ޖެހޭކުދިންގެ ތެރެއިން ބައެއް ކުދިންނަށް ނިއުމޯނިއާ އާއި ފިޓް ޖެހެމުންދާތީ، ކުޑަކުދިން ބަލިން ދިފާޢުކުރުވުމަށްޓަކައި ވެކްސިން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ބައެއްކަހަލަ އަރިދަފުސް ރޯގާތައް ފެތުރޭތީ އެޗްޕީއޭ އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

17 މީހަކަށް މިހިނގާ އޭޕްރިލް މަހުގައި ކޮވިޑްޖެހިގެން ފަރުވާ ދީފައިވާއިރު، އެ ފަރާތްތަކަކީ ވެކްސިން ދީފައިވާ ފަރާތްތަކެއްކަން ސާފު ނުވެއެވެ.

ޓެގްސް: ކޮވިޑް19 އައިޖީއެމްއެޗް އެޗްޕީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.