2755 އަށްވުރެ ގިނަމީހުން ވޯޓުގައި ބައިވެރިވެފައިވޭ. 69 ވޯޓުން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް

ހަބަރު

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން : ވަޤުތީ ނަތީޖާއިން އެމްޑީޕީ ކެންޑިޑޭޓް ކުރީގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޭޕުރިލް 2023 , ހޮނިހިރު 19:18   256

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައިއިލެކްޝަންގައި ވޯޓު ގުނައި ނިންމާލައިފިއެވެ. މިހާތަނަށް ވަގުތީ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅުއްވަނީ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެވެ.

ޝާޒް އަށް މާލެ އާއި ގުރައިދޫގައި ބެހެއްޓި ފޮށިތަކުން ލިބިފައިވަނީ ޖުމްލަ 640 ވޯޓެވެ. ޕީޕީއެމް ކެންޑިޑޭޓް ހުސެން ރިޔާޒަށް ލިބިވަޑައިގެންފައިވަނީ 571 ވޯޓެވެ. އެހެންކަމުން 69 ވޯޓާއިއެކު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެވެ.

ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަށެވެ.

ގުރައިދޫ އަށް މިވަގުތު ކޮންމެވެސް ވަރަކަށް ވިއްސާރަކޮށް މޫސުމް ގޯސް ނަމަވެސް ވޯޓުލުން ބާރަށް ކުރިއަށް ގެންގޮސްފައިވެއެވެ.

އިލެކްޝަނުން ބުނީ ޖުމްލަ 2755 މީހަކު ވޯޓުލާފައިވާކަމަށެވެ. ޖުމްލަ 3،400 އަށްވުރެ ގިނަ މީހުންނަށް މިވޯޓުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. އެހެންކަމުން 600 އަށް ވުރެ ގިނަމީހުން މިވޯޓުގައި ބައިވެރިވެފައި ނުވެއެވެ.

ގުރައިދޫގެ އިތުރުން މާފުއްޓާއި މާލޭގައި ވެސް ވޯޓު ފޮށިތައް ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގައި ތިން ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ.

މި އިންތިޚާބު ބާއްވަން ޖެހުނީ ގުރައިދޫ ދާއިރާގެ މެމްބަރުކަމުގައ ހުންނެވި، ކުރީގެ ޤާނޫނީ ވަކީލެއްކަމަށްވާ، އިބްރާހިމް ހުސެން ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ. ޢުމުރުން 55 އަހަރުގައި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހުއެވެ. އޭނާ އަކީ ޑީއާރުޕީ އުފެއްދެވުމުގައި އިސްރޯލެއް އަދާކުރެއްވި ބޭފުޅެކެވެ.

  1. ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ މެމްބަރުގެ ކޮއްކޮ، ހުސެން ރިޒާ
  2. އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހިމް ޝާޒް
  3. އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ ޢާރިފް

ވޯޓުލުމުގެ ވަޤުތު 5 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާއިރު، އިލެކްޝަނުން ބުނެފައިވަނީ މާބޮޑު މައްސަލަތަކެއް ދިމާވެފައިނުވާކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް (މ) އިބްރާހިމް އިބްރާހިމް މުޙައްމަދު ޞޯލިޙް (ވ) އާއިއެކު.
ޓެގްސް: އިންތިޚާބު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.