ރިސޯޓް ހަދަން ނިންމާފައިވާ ހަންކެޑެ ސަރަޙައްދުން ފެށިގެން މަރަދޫ ނިމެންދެން ގޮޑުދޮށް އޮތީ މަރުވެފައިވާ ދިރުންތަކުން ތަޢައްޔަރުވެފައި

ހަބަރު

ބްރިޖް އަޅަންކުރާ މަސައްކަތުގައި، މަރަދޫގެ ގޮނޑުދޮށްތައް ތަޢައްޔަރުވެ ޢާއްމު އުނދަގުލަކަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 އޭޕުރިލް 2023 , ހޮނިހިރު 21:28   570

ރިސޯޓް ހަދަން ނިންމާފައިވާ ހަންކެޑެ ސަރަޙައްދުން ފެށިގެން މަރަދޫ ނިމެންދެން ގޮޑުދޮށް އޮތީ މަރުވެފައިވާ ދިރުންތަކުން ތަޢައްޔަރުވެ, ގުޅިގައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޢާއްމު އުނދަގުލަކަށް ވެއްޖެއެވެ.

އެކްސްޕްރެސް ނިއުސްގެ ޓީމުން އެ ސަރަޙައްދަށް ޒިޔާރަތްކޮށް ބެލުމުން މަރުވެފައިވާ ގިނަ ޢަދަދެއްގެ ކަނޑުގެ ދިރުން ފެނިފައިވެއެވެ.

އެތަނުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ރިސޯޓް ހަދަނީ ފަރުތަކާއި، މަސްތަކާއި ކަނޑުގެ ދިރުން ހަލާކުކޮށްލާފަ ތޯއެވެ.

ސަރުކާރުން އަންނަނީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިރާ ޚަރަދުކޮށްގެން މަރަދޫގައި އާ ބްރިޖެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ބްރިޖް އަޅަނީ ހަންކެޑެ ގައި ޓޫރިޒަމް ތަރައްޤީކުރަން ފަހިކުރަން ކަމުގައި ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް، އެސަރަޙައްދުގައި ވެސް، ކަނޑަށް ތެޔޮ އެޅިގެންނާއި ފެން ދައުރު ނުމުގެ ސަބަބުން ކަނޑުގެ ދިރުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. ބައެއް ސަރަޙައްދުތަކުން އެކީ އެއްކޮށް މުރަކަތައް ހަލާކު ވެފައިވެއެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީ އިން ބުނެފައިވަނީ އެސަރަޙައްދުން މިމައްސަލަ ދިމާވާތީ ފެންދެމޭނެ ގޮތް ހަދާފައިވާ ކަމަށެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން މަރަދޫގެ ކައުންސިލަރ އަހުމަދު ނާދިރު ވިދާޅުވީ، މިމައްސަލައަށް ޙައްލު ހޯދުމަށް ކޮންޓްރޭކްޓަރާއި ވެސް، އަދި މިނިސްޓްރީ އާއި ވެސް އެކި ފަހަރު މަތިން މަޝްވަރާކޮށް ހައްލު ހޯދިފައިނުވާކަމަށެވެ. އަދި މައްސަލަ އީޕީގެ ސަމާލުކަމަށް ގެނައުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. މިހާތަނަށް އެއްވެސް ޙައްލެއް ލިބިފައި ނުވާކަމަށެވެ.

ނާދިރު އިތުރަށް ވިދާޅުވީ، މައްސަލަ ޙައްލު ކުރަން އޮތް ގޮތަކީ ފެން ދައުރުވާ ގޮތަށް ހޮޅިއެޅުން ކަމަށާއި، އީއައިއޭ ތަކުގައި ވެސް އެކަން އޮގޮތަށް އޮތް އިރު ޢަމަލުކުރެވެމުން ނުދަނީ ކީއްވެގެންކަން ނުވިސްނޭކަމަށެވެ. ހަމައެހެންމެ، މިކަމުގައި ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި މައްސަލައަށް ޙައްލު ހޯދޭނީ މިސްޓްރީއަށް ނުވަތަ ކޮންޓްރޭކްޓަރުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ފުލް ވީޑިއޯ ފުޓޭޖް

ޓެގްސް: ތިމާވެށި އީޕީއޭ ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.