ރަޝިއާގެ ސްޓޮކް މާކެޓް

ވިޔަފާރި

ރަޝިއާގެ ހިއްސާގެ ބާޒާރު އެއްމަސް ދުވަހަށްފަހު އަލުން ހުޅުވައިފި

އަލީ އަޒްޔަން - ޔޫރަޕް | 24 މާރޗް 2022 , ބުރާސްފަތި 23:38   195

ރަޝިއާގެ ހިއްސާގެ ބާޒާރު ބަންދުކޮށްފައި އޮންތާ އެއްމަސް މަސް ފަހުން ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ހެނދުނު 9.50 އިން މެންދުރު 2.00 އަށް އިންވެސްޓަރުންނަށް ހުޅުވައިފިއެވެ.

ހިއްސާގެ ބާޒާރު ނެގެހެއްޓުމުގެ ގޮތުން، ރަޝިއާގެ ސެންޓްރަލް ބޭންކުން ވަނީ ކުރު މުއްދަތުގެ ސްޓޮކާއި ބޭރު މީހުންގެ ހިއްސާ ބޮޑު އަދަދުން ވިއްކުން ހުއްޓުވާފައެވެ. ވިއްކާލެވުނު ހިއްސާތަކުގެ ތެރޭގައި، އަގުބޮޑު (ބްލޫ ޗިޕް) ސްޓޮކްތައް ކަމުގައިވާ ގެޒްޕްރޮމް، ކުލްއިލް، ވީޓީބީ ބޭންކް، ސްބާރބޭންކް، ރުސާލް، އަދި ރޮސްނެޓް، ހިމެނެވެ.

ރޮއިޓާސް ނޫސް އެޖެންސީ އިން ބުނެފައިވަނީ 2021 ވަނަ އަހަރުގެ ފުރަތަމަ ބައިގައި ހިއްސާގެ ބާޒާރުގައި 80 ޕަސެންޓަށްވުރެ ގިނަ ހިއްސާގެ ވިޔަފާރި ކޮށްފައިވަނީ ބޭރުގެ ފަންޑްތަކުންނެވެ.

ރަޝިއާގެ ސްޓޮކް މާކެޓް ހުއްޓާލާފައިވަނީ ފެބްރުއަރީ 25 ވަނަދުވަހު ރަޝިއާ އިން ޔޫކްރެއިން އަށް އެރުމާއި ގުޅިގެން ހިއްސާގެ ވެއްޓެން ފެށުމުންނެވެ. މިގޮތުން ހިއްސާގެ އަގު 42 ޕަސެންޓަށް ވެއްޓުނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.