ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި މިހާރު ގިނަ ވިޔަފާރިތަކުން ބޭނުންކުރަނީ ފޮތި ކޮތަޅު

ހަބަރު

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމުން، ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅާއި ދުރަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޭޕުރިލް 2023 , އަންގާރަ 13:40   303

ޤާނޫނަށް ބަދަލު ގެނެސް، ވިޔަފާރިތަކުން ކަސްޓަމަރުންނަށް ދޫކުރާ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުތަކުން، ކޮންމެ ކޮތަޅަކަށް މިއަދުން ފެށިގެން 2ރ. ނަގަން ފެށުމާއި އެކު ވިޔަފާރިތަކުން އެހެން ބާވަތްތަކުގެ ކޮތަޅުތަކަށް ހިޖުރަކޮށްފިއެވެ.

ސަރުކާރުން މިބަދަލު ގެނެސްފައިވަނީ ކުނި މެނޭޖް ކުރުމުގެ ޤާނޫނަށް މިދިޔަ އަހަރު ފަހުކޮޅު ގެނައި އިޞްލާޙްތަކާއި އެކުއެވެ. އަދި ތަންފީޒުކުރުމުގެ ކުރިން ހަތަރު މަސްދުވަހުގެ މުއްދަތެއް ވިޔަފާރިތަކަށް ތައްޔާރުވުމަށް ލިބިފައިވެއެވެ.

މިއީ ނުސީދާކޮށް ސަރުކާރުން ނަގާ ޓެކްސްއެކެވެ. މިބަދަލާއި އެކު ސަރުކާރުން ވަނީ ދައުލަތަށް ލިބޭނެ ޢާމްދަނީ ވެސް ވަރަށްބޮޑަށް އިތުރުވެގެން ދާނެކަމަށް ލަފާކޮށްފައެވެ.

ބައެއް ވިޔަފާރިތަކުން ލަފާކޮށްފައިވާގޮތުގައި، ޕްލާސްޓީކް ކޮތަޅުތައް ވިއްކަން ފަށައިފިނަމަ ޖީއެސްޓީއަށް ދައްކާ އެއްޗަކަށް ވުރެ ބޮޑުއެއްޗެއް ދައުލަތަށް ދައްކަން ޖެހޭނެއެވެ. އެމީހުން ބުނާގޮތުން

މިގެނެވުނު ބަދަލާއިއެކު، ގިނަ ވިޔަފާރިތަކުން ވަނީ ޕްލާސްޓިކް ކޮތަޅުތައް ބޭނުން ނުކޮށް ފަރުޖެއްސޭނެ ހުރިހާގޮތެއް ހޯދައި ބަލާފައެވެ.

މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޮތި ކޮތަޅު އުފެއްދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ.

ޕްލާސްޓިކް ކޮތަޅުން ދެރުފިޔާ ނަގާއިރު، ފޮތި ކޮތަޅެއް އެއަށްވުރެ މާކުޑަ ޚަރަދެއްގައި އުފެއްދޭކަމަށް ވިޔަފާރިތަކުން ބުނެއެވެ.

ބާޒާރު މަތީގައި ފިހާރަތަކުން މިހާރު ފޮތި ކުދި ކޮތަޅުތައް 0.50 ރ. އަދި ބޮޑެތި ސައިޒުތައް 2 ރ. އަށް ވިއްކަން ވަނީ ފަށާފައެވެ.

މިއީ ސަރުކާރުން އަންދާޒާ ކުރި ގޮތެއް ނޫނެވެ. މިކަމުގެ ސަބަބުން ދަޢުލަތުގެ ޢާމްދަނީ އިތުރުނުވެ، މީހުންގެ ފުދުންތެރިކަމަށް ވެސް ބޮޑު އަސަރެއްކުރާނެކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ބުނެފައިވެއެވެ.

ޓެގްސް: ތިމާވެށި ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.