އެޕަލްގެ ސީއީއޯ ޓިމް ކުކް އިންޑިއާގައި، ބުރާސްފަތީގައި އިތުރު ތަނެއް ހުޅުވާނެ

ޓެކްނޯލޮޖީ

އެޕަލް ކުންފުނިން އިންޑިއާގައި ފުރަތަމަ ރީޓެއިލް ސްޓޯރ ހުޅުވައިފި

އަލީ އަޒްޔަން - ދުނިޔެ | 19 އޭޕުރިލް 2023 , ބުދަ 10:07   245

މަޝްހޫރު އައިފޯން އަދި މެކިންޓޮޝް (މެކް) ކޮމްޕިއުޓަރު އުފައްދާ ކުންފުނި، އެޕަލް އިން އިންޑިއާގައި އެ ކުންފުނީގެ ފުރަތަމަ ރީޓެއިލް ސްޓޯރު ހުޅުވައިފިއެވެ މި ތަން ހުޅުވާފައިވަނީ އިންޑިއާގެ މާލީ ކެޕިޓަލް މުމްބާއީގައެވެ.

މިރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި ކޫކް ކަސްޓަމަރުންނަށް އަތް ދިއްކޮށްލަމުން ފިހާރައިގެ ދޮރުތައް ހުޅުވާލިއިރު މުވައްޒަފުން އަތްޖަހާ އުފާފާޅުކުރަމުން ދިޔައެވެ.

އަދި ފިހާރައަށް ޒިޔާރަތްކުރި ކަސްޓަމަރުންނާ ސަލާމްކޮށް ބައެއް މީހުންނާއެކު ސެލްފީ ނަގަން ޕޯޒް ވެސް ކުރިއެވެ.

އަދި ބުރާސްފަތި ދުވަހު ވެރިރަށް ދިއްލީގައި ދެވަނަ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މިސްޓަރ ކޫކް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ އެކި ކަންކޮޅުތަކުން މީހުން މުމްބާއީއަށް އައިސް ހުޅުވުމުގެ ހަރަކާތުގައި ބައިވެރިވިއިރު، ލޯކަލް މިއުޒިކާއި ޑާންސް ޕާފޯމަންސް ވެސް ކުރިއަށް ގެންދިޔަ އެވެ.

މުމްބާއީ ފިހާރައިގެ ޑިޒައިން ރަމްޒުކޮށްދީފައިވަނީ ކޮށްފައިވަނީ އިންޑިއާގެ ކޮންމެ ތަނެއްގައި ވެސް ހުންނަ ކަޅު ރީނދޫ ކުލައިގެ ކުރޮޅިތަކެވެ.

މިހާތަނަށް އައިއިރު އެޕަލްގެ އުފެއްދުންތައް އިންޑިއާގައި ލިބެން ހުރީ އޮންލައިންކޮށް ނުވަތަ ރީސެލަރުންގެ ފުޅާ ނެޓްވޯކެއް މެދުވެރިކޮށެވެ.

މި އާ ފިހާރަތައް ގެނެސްފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓްފޯން މާކެޓް ކަމަށްވާ އިންޑިއާގައި އެޕަލް އިން ރީޓެއިލް ޕުޝް ފުންކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޕަލް އިން ޗައިނާއާ ދުރަށް ސަޕްލައި ޗޭންތައް ޑައިވަރސިފައި ކުރަމުންދާއިރު، އައިފޯންގެ މެނުފެކްޗަރިން ބޭސްއެއްގެ ގޮތުގައި ވެސް އިންޑިއާ ދަނީ ބޭނުންކުރަމުންނެވެ. މިހާރު ޖުމްލަ އައިފޯން އުފެއްދުމުގެ %5 ހިއްސާކުރަނީ އިންޑިއާއިންނެވެ.

އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ފިހާރަތަކަކީ މުހިންމު ބްރޭންޑިން ސްޓްރެޓެޖީއެއް ނަމަވެސް، އިންޑިއާގައި އެޕަލްގެ ވިޔަފާރިއަށް ވަގުތީ އަސަރެއް ނުކުރާނެ އެވެ. ނަމަވެސް އަނެއް ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި މިއީ އިންޑިއާގެ ކުރިއަރަމުން އަންނަ "ޕްރީމިއަމް ސްމާޓްފޯން" މާކެޓަށް އިންވެސްޓް ކުރަން ރަނގަޅު ވަގުތެއް ކަމަށެވެ.

ޓެގްސް: އެޕަލް މޮބައިލް ފޯން އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.