ރަޝިއާގެ ސުޕަރމާކެޓެއްގައި ބަޔަކު ވިޔަފާރި ކުރަނީ

ވިޔަފާރި

ރަޝިއާގައި ތަކެތީގެ އަގު 14 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 24 މާރޗް 2022 , ބުރާސްފަތި 23:57   222

ރަޝިއާއިން ޔޫކްރޭނަށް އެރުމާއި ގުޅިގެން އެގައުމުގެ އިގްތިޞާދު އަޑި އަޅައިލާއި ތަކެތީގެ އަގުތައް ވަރަށް ބޮޑުތަން ވަނީ އުފެލެން ފަށާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ހަކުރު ފަދަ ތަކެއްޗާއި، ގޭތެރޭގައި ބޭނުންކުރާ ސާމާނު މިދިޔަ އެއް ހަފްތާތެރޭގައި 14 ޕަސެންޓަށްވުރެ ބޮޑަށް އުފުލިފައި ވެއެވެ. އެހެންކަމުން ދިރިއުޅުމުގެ ޚަރަދުތައް ވަނީ އަތްނުފޯރާ ފަށަށް އަރާފައެވެ.

އަސާސީ ބާވަތެއް ކަމުގައިވާ ހަކުރުގެ އަގު ވަނީ 37 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފައެވެ. ދެވަނަ އަށް އެންމެ ބޮޑަށް އަގު އުފުލިފައިވާ ފިޔާގެ އަގު ވަނީ 40 ޕަސެންޓަށް ވުރެ ވެސް ބޮޑަށް އުފުލިފައެވެ. ސައިފަތުގެ އަގު 4 ޕަސެންޓް އުފުލުނު އިރު ޓޮއިލެޓް ޕޭޕަރުގެ 3 ޕަސެންޓަށް އުފުލިފައިވެއެވެ.

ތަކެތީގެ އަގު އުފުލެން ފެށީ ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ފައިސާ (ރުބްލް) އަގު ވެއްޓެމުން ދިއުމާއި ގުޅިގެންނެވެ.

މިއަހަރުތެރޭ ފައިސާގެ އަގު ވަނީ 22 ޕަސެންޓް ވެއްޓިފައެވެ. މިއާއި ހެދި ބޭރުން އެތެރެ ކުރާ މުދަލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.