ތޮއްޖެހިފައިވާ އިންޑިއާގެ ވެރިރަށް ދިއްލީގެ މަންޒަރެއް، ދުނިޔޭގެ އާބާދީ 8 ބިލިއަނުގައި

ހަބަރު

އިންޑިއާ، އާބާދީ މިހަފްތާ ތެރޭގައި ޗައިނާ އާއި އަރާހަމަކުރާނެ : އ.ދ.

އަލީ އަޒްޔަން - ދުނިޔެ | 25 އޭޕުރިލް 2023 , އަންގާރަ 10:05   221

އިންޑިއާ އިން ޗައިނާ ފަހަތަށް ޖައްސާލައިގެން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް މި ހަފްތާގެ ނިޔަލަށް ވާނެ ކަމަށް އދ. އިން ބުނެފިއެވެ.

އިންޑިއާގެ އާބާދީ އޭޕްރީލް މަސް ނިމޭއިރު 1،425،775،850 މީހުންނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭޝިއާގެ ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އަށް ވުރެ ގިނަ ގައުމުތަކެވެ. މިގޮތަށް މިކަން އޮންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެއެވެ.

"ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޗައިނާއިން އޮތް މަގާމު ވަރަށް އަވަހަށް ދޫކޮށްލާނެ،" އދ. އިން ބުންޏެވެ.

ޗައިނާގައި އުފަންވާ މީހުންގެ ނިސްބަތް ފަހަކަށް އައިސް ދަށަށް ގޮސްފައިވާއިރު، ޗައިނާގެ އާބާދީ މިދިޔަ އަހަރު ވަނީ 1961 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކުޑަވެފައިވެއެވެ.

މި ޤަރުނު ނިމުމުގެ ކުރިން ޗައިނާގެ އާބާދީ އެއް ބިލިއަނަށްވުރެ ދަށަށް ހިނގައިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

"އެއާ ހިލާފަށް އިންޑިއާގެ އާބާދީ އިތުރުވަމުން އަންނަނީ ދިގުމުއްދަތަކަށް" އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.

ނަމަވެސް އިންޑިއާގައި ވެސް ދަރިމައިވުމުގެ ނިސްބަތް ދަނީ ދަށްވަމުން - 1950 ވަނަ އަހަރު އަންހެނަކަށް 5.7 ވިހެއުމުން މިއަދު އަންހެނަކަށް 2.2 ވިހެއުން.

ނޮވެމްބަރު މަހު ދުނިޔޭގެ އާބާދީ ވަނީ 8 ބިލިއަން ފަހަނައަޅައި ގޮސްފައެވެ. އެކަމަކު ތަޖުރިބާކާރުން މި ކުރިއެރުން ކުރިން އޮތް ވަރުގެ ހަލުވި ކަމެއް ނޫން - އަދި މިހާރު އޮތީ 1950 ވަނަ އަހަރަށް ފަހު އެންމެ މަޑު ރޭޓެއްގަ އެވެ.

ޓެގްސް: ބޯހިމެނުން އަދި އާބާދީ އިންޑިއާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.