ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް - ފޮޓޯ ރައީސް އޮފީސް

ހަބަރު

ސިއްޙީ ދާއިރާ މުވައްޒަފުންގެ މުސާރަ %40 އަށްވުރެ ބޮޑުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 އޭޕުރިލް 2023 , އާދީއްތަ 12:20   171

ސިއްޙީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އިޢްލާން ކުރެއްވިއިރު އެވްރެޖްކޮށް ކޮންމެ މުވައްޒަފަކަށް 40 އިންސައްތަ އަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.

ރައީސް ސޯލިޙް މިކަން އިޢްލާނުކުރައްވާފައި ވަނީ މިއަދުގެ ހެނދުނެވެ.

އުއްމީދަކީ... މިދާއިރާއަށް ޝަޢުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުވުން.

~ ރައީސް ސޯލިޙް

ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް މިގެނެވުނު ބަދަލާއިއެކު ޖުމްލަ 9838 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދިނުމާއެކު ދައުލަތުން، މިމުވައްޒަފުންގެ މައްޗަށް އަހަރު 482 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

މުސާރަ ބޮޑުކޮށްފައިވާގޮތް :

  • ކުރިން 20،459ރ. ލިބޭ ރެޖިސްޓާޑް ނަރުހަކަށް މިހާރު 29،271ރ. ލިބޭނެ
  • ނަރުހަކަށް އިތުރުގަޑީގެ ފައިސާ ނުލައި 41،976ރ. ލިބޭނެ
  • ސީނިއާ މެޑިކަލް އޮފިސަރ އަކަށް 28،727ރ. އަދި އެލެވެންސާއި އެކު 41،541ރ. ލިބޭނެ
  • ސްޕެޝަލިސް ކޮންސަލްޓެންޓަކަށް 98،137ރ. ލިބޭނެ
ޓެގްސް: ސިއްޙަތު ދައުލަތުގެ ބަޖެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.