އެސްޓީއިން އެފްއެސްްއެމްގެ ނަމުގައި މާލޭގައި ހިންނާ ޕެޓްރޯލް ޝެޑެއް

ހަބަރު

އަށް މަސް ދުވަހަށްފަހު، އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން 83 ލާރި ހެޔޮކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 މެއި 2023 , ހޯމަ 11:11   214

އެސްޓީއޯ ވިއްކާ ޕެޓްރޯލް، ލީޓަރަކުން 83 ލާރި އަގު ހެޔޮކޮށްފިއެވެ. ޑީސެލް ލީޓަރަކުން ހެޔޮކޮށްފައިވަނީ 62 ލާރިއެވެ.

ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.97 ލާރި އަށެވެ. ނަމަވެސް މިގެނައި ބަދަލާއިއެކު ލީޓަރެއް ދެން ވިއްޔާކީ 15.14 ލާރިއަށެވެ.

އަދި ކުރިން 16.32 ލާރިއަށް ވިއްކަމުން އައި ޑީސެލް ލީޓަރެއް ދެން ވިއްކާނީ 15.70 ލާރިއަށެވެ.

އެސްޓީއޯއިން އެކުންފުނީގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް މެދުވެރިކޮށްވިއްކާ ތެލަށް ބަދަލުގެނެސް އަގު އަގުތިރި ކުރަން ފަށާފައި މިވަނީ އަށްމަސް ދުވަހަށްފަހުއެވެ.

މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން އެސްޓީއޯ ވިއްކަމުންއައި ތެލުގެ ބާވަތްތަކުން 30 އިންސައްތަ ބޮޑުކޮށްފައިވެއެވެ.

ޓެގްސް: ޢެސްޓީއޯ ތެޔޮ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.