ކުޑަކުއްޖަކަށް ވެކްސިން ދެނީ

ދުނިޔެ

މޮޑާނާ ކުންފުނިން ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ހުއްދައަށް އެދެފި

އަލީ އަޒްޔަން - އެމެރިކާ | 25 މާރޗް 2022 , ހުކުރު 00:13   374

އެމެރިކާގެ މޮޑާނާ ކުންފުނިން ކޮވިޑުން ދިފާޢުވުމަށްޓަކައި ތައްޔާރުކުރި ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ހުއްދަ އެދި ހުށަހަޅައިފިއެވެ.

އެކުންފުނިން ބުނެފައިވާ ގޮތުގައި މި ވެކްސިނުން އުމުރުން 6 އަހަރުން ދަށުގެ ކުދިންނަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ. ނަމަވެސް ކޮވިޑް އިން ރައްކާތެރިވުމުގައި އަސަރު ކުރާ މިންވަރު ހުރީ 40 ޕަސެންޓްގައެވެ.

މޮޑާނާ ކުންފުނީގެ ގައިންގަޔަށް އަރާ ބަލިތަކާއި ގުޅޭ، ސީނިއާރ ވައިސް ޕްރެސިޑެންޓް ޖްކްލީން މިލާރ ވިދާޅުވީ އަސަރުކުރާ މިންވަރު އެހާ ދަށްކަމަށް ދައްކަނީ 'އޮމިކްރޮން' ވޭރިއެންޓްގެ ސަބަބުން ވެކްސިން އިން ދިފާއު ކުރަން ކުރާ މަސައްކަތަށް ހުރަސް އަޅާތީއެވެ. އެކަމަކު ވެސް މިއީ ކާމިޔާބު ވެކްސިނެއް ކަމަށެވެ.

އެހެން ކުންފުނިތަކުން ވެސް ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދޭން ހުއްދައަށް ނޭދެނީ ހަމަ މިސަބަބާއި ހުރެއެވެ.

އޮމިކްރޯން ވޭރިއެންޓް ހަލުވިކަމާއިއެކު ފެތުރޭތީ، ފައިޒާ ކުންފުނިން ވެސް ވަނީ ބޮޑެތި މީހުންނަށް ވެސް އިތުރު ޑޯޒެއް ޖަހަން ހުއްދަ އެދިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.