ހުޅަނގު އައްސޭރީގައި ހަދާފައިވާ ފަލަސްޠީނުގެ ސްކޫލެއް ނައްތާލާފައި

ދުނިޔެ

ފަލަސްޠީނުގައި އީޔޫ އިން ޚަރަދުކޮށްގެން ހަދާފައިވާ ސްކޫލެއް، އިޒްރޭލުން ހަލާކުކޮށް ސުންނާފަތިކޮށްލައިފި

އަލީ އަޒްޔަން - އޭޝިއާ | 8 މެއި 2023 , ހޯމަ 09:47   223

އިސްރާއީލުގެ ސިފައިން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުރި ސްކޫލެއް ތަޅައި ސުންނާފަތިކޮށްލާފައިވަނީ، އިމާރާތް ކުރުމުގެ ހުއްދައެއް ނެތުމުން ކަމަށް އިޒްރޭލުން ބުނި ނަމަވެސް ބައިނަލްޢަޤްވާމީ މުޖްތަމަޢު އިން ދަނީ އެކަން ބަލައިނުގަންނަކަމަށް ބުނަމުންނެވެ.

ބައިތުލްމަޤްދިސްގައި ހުންނަ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަންގެ ވެރިޔާ ހަސަން ބްރިޖީހް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފައިސާއިން ހިންގާ ސްކޫލް އާދީއްތަ ދުވަހު އިޒްރޭލުން ތަޅާލާފައިވާ ކަމަށެވެ. އަލް ތަހާދީ ސްކޫލް ހުންނަނީ އިސްރާއީލުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގެ އޮސްލޯ އެއްބަސްވުންތަކުން ޒާނަތްތެރިކޮށްފައިވާ ސަރަޙައްދުގައެވެ.

މާޗް މަހު އިސްރާއީލުގެ ކޯޓަކުން ވަނީ ކަނާތުފިޔައިގެ އިސްރާއީލުގެ ޖަމިއްޔާއެއްގެ ހުށަހެޅުމަކަށް ރުހުންދީ، މި ސްކޫލް ތަޅާލުމަށް އަމުރުކޮށްފަ އެވެ.

އެ ސްކޫލުގައި ފަސް ކްލާސްރޫމް ހިމެނޭއިރު، ފުރަތަމަ ގްރޭޑާއި ހަތަރު ވަނަ ގްރޭޑާ ދެމެދުގެ ގާތްގަނޑަކަށް 66 ދަރިވަރުން ކިޔަވަމުން ދެއެވެ.

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ތަޅާލުން ކުށްވެރިކޮށް، އިސްރާއީލުން ގަވާއިދާ ހިލާފުވާ ކަންކަމާ މެދު ބައިނަލްއަގްވާމީ އަދި ގާނޫނީ މުއައްސަސާތަކުން ޒިންމާ އުފުލުމަށް ގޮވާލާފަ އެވެ.

ފަލަސްތީނުގެ ގެދޮރު ތަޅާލުމުގައި އިސްރާއީލުން ގިނައިން ދައްކާ ބަހަނާއަކީ އިމާރާތް ކުރުމުގެ ހުއްދަ ނެތުމުގެ ބަހަނާ އެވެ.

މިކަމާއިގުޅިގެން ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ސްކޫލެއް ތަޅާލުމަކީ ގާނޫނާ ހިލާފު ކަމެއް، އަދި ކުޑަކުދިންގެ ތައުލީމުގެ ހައްގަށް އިހުތިރާމް ކުރަން ޖެހޭ،" ފަލަސްތީނަށް އީޔޫގެ ވަފުދުން ވިދާޅުވި އެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.