އެމެރިކަން އެއާރލައިންސްގެ މަތިންދާބޯޓުތަކެއް ޕާކުކޮށްފައި

ދުނިޔެ

ބައިޑެން ބޭނުންވަނީ ނުފުރި އެއާޕޯޓްގައި ތާށިވާ މީހުންނަށް ބަދަލު ދިނުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން

އަލީ އަޒްޔަން - އެމެރިކާ | 9 މެއި 2023 , އަންގާރަ 10:15   212

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ފްލައިޓް ލަސްވުމުން ނުވަތަ ކެންސަލްވުމުން އަސަރުކުރާ އެއާލައިން ފަސިންޖަރުންނަށް ބަދަލު ދިނުމުގެ އާ ގަވާއިދުތަކެއް ތަންފީޒު ކުރަން ބޭނުންވާ ކަމަށެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޯ ބައިޑަން އާއި ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިގޭގް ވަނީ މިކަމާއި ގަވާއިދުތައް އިއުލާންކޮށްފަ އެވެ.

"އެއާލައިންތައް ޖަވާބުދާރީ ކުރުވުން" މި ޝިއާރުގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ބުޓިގޭގް ވިދާޅުވީ އާ ގަވާއިދުގެ މަގުސަދަކީ ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން އެއާލައިނެއްގެ ކުށެއް އޮތްނަމަ ފަސިންޖަރުން އިތުރަށް ކުރަންޖެހޭ ޚަރަދުގެ ޒިންމާ އަމިއްލައަށް ނުނަގާނެ ގޮތް ހެދުމެވެ. އަދި އެއާލައިންތަކުން ޒިންމާދާރުވެ ފަރުވާތެރިވުމެވެ.

ޤަވާޢިދު ބުނާގޮތުން، ނުފުރި އެއާޕޯޓްތަކުގައި ތާށިވާ ޕަސިންޖަރުންނަށް ބަދަލުދިނުމުގެ ޤަވާޢިދު ބުނާގޮތުން، ޕަސިންޖަރުންނަށް ކުރިމަތިވާ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު ދޭންޖެހޭނީ އެއާލައިންތަކުންކަމަށެވެ.

ބަދަލު ދިނުމުގައި، ދަތުރުވެރިން ތާށިވެއްޖެ ހާލަތެއްގައި، ކެއުމާއި ހޮޓަލްތަކަށް ޚަރަދުކުރުން ހިމެނޭނެ މީޑިއާތަކާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

އެމެރިކާގެ ބިއުރޯ އޮފް ޓްރާންސްޕޯޓޭޝަން ސްޓެޓިސްޓިކްސް އިން ބުނެފައިވާގޮތުން ފްލައިޓްތައް ލަސްވުމުގެ ތެރޭގައި މެއިންޓެނަންސް ނުވަތަ ކްރޫއަށް ދިމާވާ މައްސަލަތަކާއި މަތިންދާބޯޓު ސާފުކުރުމާއި ބެގޭޖް ލޯޑް ނުވަތަ ތެޔޮ އެޅުމާ ގުޅުން ހުރި މައްސަލަތައް ވެސް ހިމެނިދާނެ އެވެ.

ބައެއް އެއާލައިންތަކުން މިހާރު ވެސް ޓްރެވަލް ކްރެޑިޓް ނުވަތަ ވައުޗަރު ދޭއިރު، ލަސްވެ ނުވަތަ ކެންސަލް ކޮށްފިނަމަ، އާ ގަވާއިދުގެ ދަށުން ފަސިންޖަރުންގެ ބަދަލު ރިފަންޑް ހިމެނޭ ގޮތަށް ދިނުން ހުރިހާ އެންމެންނަށް ވެސް ލާޒިމްވާނެ އެވެ.

އެމެރިކާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް، ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ފަސިންޖަރަކަށް 600 ޔޫރޯ (660 ޑޮލަރު؛ 523 ޕައުންޑް) އާއި ހަމައަށް ފައިސާގެ ބަދަލު މިހާރުވެސް ދެއެވެ.

ޓެގްސް: ވައިގެ ދަތުރުފަތުރު އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.