އަހުމަދު ލަދީން ރަޝީދު، ޕްލޭޔާރ އޮފްދަމެޗް

ކުޅިވަރު

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ފުރަތަމަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 މެއި 2023 , ހޯމަ 22:44   428

ވޭންއޫދް 15 އަހަރުންދަށް، އެފްއޭއެމް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގައި، އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލުންނެވެ.

ފޭދޫ ސްކޫލާއި ވާދަކޮށް ޝަރަފުއްދީނުން މެޗް ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ ޝަރަފުއްދީން ސްކޫލްގެ އަހުމަދު ލަދީން އެވެ. މެޗުގެ 30 ވަނަ މިނެޓުގައި، ދެވަނަ ގޯލް ޖަހައިދިނީ އެޓީމުގެ ހަސަން ލަޖީ އާތިފްއެވެ. ފުރަތަމަ ހާފް ނިމުނީ ލަދީންގެ އިތުރު ގޯލަކާއިއެކު 3-0 ގެ ނަތީޖާއަކުންނެވެ.

މޮޅުކުޅުމެއްދައްކައި ޕްލޭޔާރ އޮފްދަމެޗްގެ މަޤާމްވެސް ހޯދާފައިވަނީ އޭނާއެވެ.

އޭނާ ވަނީ އިތުރު ގޯލަކާއިއެކު މެޗުގެ މޭން އޮފްދަ މެޗްކަން ވެސް ހޯދާފައެވެ.

ދެވަނަ ހާފް ގައި ވެސް ޝަރަފުއްދީނުން ދެގޯލް ޖެހިއެވެ. މިދެ ގޯލް ވެސް ޖަހައިދީފައިވަނީ މުޙައްމަދު ނަވީ އަޒްވާރު އެވެ.

މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ.

ޝަރަފުއްދީން ސްކޫލްގެ ޓީމުން ދަނޑަށް ނިކުންނަނީ

އިތުރު މަޢްލޫމާތު :

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

ޓެގްސް: ފުޓުބޯޅަ ފޭދޫ ސްކޫލް ޝަރަފުއްދީން ސްކޫލް އެފްއޭއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.