ޕްލޭޔަރ އޮފްދަމެޗް، ނޫރާނީ ސްކޫލްގެ މުސްއަބް ޒައިދު [ފޮޓޯ: ޝަރީ]

ހަބަރު

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ނޫރާނީ ސްކޫލް އަދި ހިރާ ސްކޫލް ބައްދަލުކުރި މެޗް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މެއި 2023 , އަންގާރަ 21:39   314

ވޭންއޫދް 15 އަހަރުންދަށް، އެފްއޭއެމް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގައި، ބުދަ ދުވަހު ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ނޫރާނީ ސްކޫލުންނެވެ.

ހިރާ ސްކޫލާއި ދެކޮޅަށްކުޅެ ނޫރާނީ ސްކޫލުން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ 6 ވަނަ މިނެޓުގައި ހިރާ ސްކޫލުން، އެޓީމުގެ ރައްޔާން ބިން ޒައިދުއެވެ.

ނަމަވެސް އޭގެ 10 ވަރަކަށް މިނެޓުފަހުން ނޫރާނީ ސްކޫލުން ރެސްޕޮންސް ރަނގަޅުކޮށް ފުރަތަމަ ގޯލު ޖެހިއެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ މުޙައްމަދު އަލްޔާން ޢަބްދުއްﷲ އެވެ.

ދެވަނަ ހާފް ފެށުނުތަނާ ނޫރާނީ ސްކޫލުން އަނެއްކާ ވެސް އިތުރަށް ކުޅުން ވަރުގަދަކޮށް، އެޓީމުން މުޙައްމަދު މާސަފް މަސްއޫދު ދެގޯލު ޖަހައިދީފައިވެއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި މުސްއަބް ޒައިދު އަލީ ވެސް ގޯލެއް ޖަހައިދިނެވެ. މޮޅު ކުޅުމެއް ދައްކައިދީގެން ޕްލޭޔަރ އޮފްދަމެޗްގެ މަޤާމް ހޯދާފައިވަނީ ވެސް އޭނާއެވެ. މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ.

ރެފްރީކަން ކޮށްފައިވަނީ މުޙައްމަދު ޢަލީއެވެ.

ހިރާ ސްކޫލުން ދެން މުބާރާތުގައި ކުޅޭނީ ޝަރަފުއްދީނާއި ދެކޮޅަށެވެ. އަދި ނޫރާނީ ސްކޫލުން ނިކުންނާނީ ފޭދޫ ސްކޫލާއި ދެކޮޅަށެވެ.

މެޗާއި ގުޅޭ ފޮޓޯތައް :

އިތުރު މަޢްލޫމާތު:

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

ޓެގްސް: ފުޓުބޯޅަ އެފްއޭއެމް ހިރާ ސްކޫލް ނޫރާނީ ސްކޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.