އައްޑޫސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ، ކުޑަކުދިންގެ ދުވަހުގެ ޙަރަކާތާއި ގުޅޭ ޕޯސްޓަރެއް

ހަބަރު

ސްނޯ ޕާޓީއަކާއިއެކު، ބައިނަލްޢަޤްވާމީ ކުޑަކުދިންގެ ދުވަސް އައްޑޫސިޓީ ކައުންސިލުން ކުލަގަދަގޮތެއްގައި ފާހަގަކުރަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 މެއި 2023 , ބުދަ 15:51   383

އައްޑޫސިޓީ ކައުންސިލްގެ އިސްނެންގެވުމާއިއެކު އައްޑޫގައި ކުލަގަދަކޮށް މިއަހަރުގެ ބައިނަލް ޢަޤްވާމީ ކުޑަކުދިންގެ ދުވަސް އަދި ޢާއިލާތަކުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކެއް ބާއްވާނެކަމަށް އެކައުންސިލުން ބުނެފިއެވެ.

މިޙަރަކާތްތައް އޮންނާނީ 13 މޭއި ވާ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް، އައްޑޫ ސިޓީ ސްކޮއާގައެވެ. އަދި ހުޅުދޫ މީދޫގެ ރަށްތަކުގެ ޙަރަކާތް އޮންނާނީ ޕޮލިސް ދަނޑުގައެވެ.

މިޙަރަކާތްތަކާއި ގުޅޭގޮތުން މަޢްލޫމާތު ދެއްވަމުން ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަމީޒާ ޚަލީލު ވިދާޅުވީ އައްޑޫގެ މުއައްސަސާތަކާއި، ކޮލެޖްތަކާއި، ސްކޫލްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ގިނަ ކަންކަން ހިންގުމަށް ރާވާފައިވާކަމަށެވެ.

މިގޮތުން، އައްޑޫ ސިޓީ ފުލުހުންގެ ޚިދުމަތް، ގައުމީ ދިފާޢީ ބާރުގެ ބޭފުޅުން، ކުންފުނިތަކާއި، މުއައްސަސާތަކުން ކުޑަކުދިން ޝައުވެރިވާނެކަހަލަ ގޭމްތަކާއި ކުދިންގެ ހުނަރާއި ޤާބިލުކަން ދެއްކުމަށްޓަކައި ޓެލެންޓް ޝޯތައް ބާއްވާނެކަމަށެވެ.

މުޅިން އަލަށް އައްޑޫގައި މިފަހަރު ސްނޯ ޕާޓީ ނުވަތަ ފޯމް ޕޫލް ޕާޓީއެއް އެބަ ބާއްވަން. އައްޑޫގެ ހުރިހާ ކުޑަކުދިންނަށް މި ޕާޓީއަށް ދަޢުވަތު އަރުވަން. މަރަދޫ ފިޝިންގ ކްލަބްގެ އެހީތެރިކަމާއިއެކު ބާއްވާ މިހަރަކާތުގައި ސްނޯ އަރުވައި ސްނޯތެރޭގައި މަޖާކޮށްލަން ކުދިންނަށް ފުރުޞަތު ލިބޭނެ. ހަމައެހެންމެ ރާއްޖޭގެ ނަން މަޝްހޫރު ފުޓުބޯޅަކުޅުންތެރިންނާއި، ފަންނާނުން ސްޓޯލްތަކުގައި ޙަރަކާތްތެރިވާނެ. މިނޫންވެސް ސަޕްރައިޒިން އެތައްކަމެއް ފެނިގެންދާނެ.

~ އަމީޒާ ޚަލީލު

އަމީޒާ އިތުރަށް ވިދާޅުވީ ޖުމްލަ 24 އަށްވުރެ ގިނަ ސްޓޯލް މިހަކާތުގައި ފެންނާނެ ކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން އިސްނަންގަވައިގެން މިފަދަ ޙަރަކާތެއް ބޭއްވުމުގެ މަޤްޞަދުތަކަކީ އިޖްތިމާޢީ ގުޅުން އާލާކުރުމާއި އާއިލީ ލޯބި އިތުރުކުރުން ކަމަށެވެ.

އަދި ކުޑަކުދިންނަށް މިފަދަ ތަޖްރިބާތައް ހޯއްދަވައި ދެއްވުމަށްޓަކައި ހުރިހާ ބެލެނިވެރިންވެސް ކުދިންނާއިއެކު ވަޑައިގެންނެވުން މުޙިއްމުކަމަށެވެ.

މިޙަރަކާތުގައި ބައިވެރިވާ މުއައްސަސާތައް/ ސްޓޯލްތައް:

  • ސ. ހިތަދޫ ޕޮލިސް ސްޓޭޝަން
  • ސ. ގަން ޕޮލިސް ސްޓޭޝަން
  • މިނިސްޓްރީ އޮފް ޑިފެންސް
  • ހިތަދޫ ޕޯޓް ލިމިޓެޑް
  • ޑްރަގް ޑީޓޮކްސް ސެންޓަރ
  • އެޗްއާރސީއެމް ސަދަން އޮފީސް
  • އެފްސީއެސްސީ
  • މަރަދޫ ސްކޫލް ޕެރަ ގޭމްސް
  • މަރަދޫ ސްކޫލް
  • ހިތަދޫ ސްކޫލް
  • ފޭދޫ ސްކޫލް
  • ޝަރަފުއްދީން ސްކޫލް
  • އައްޑޫ ހައިސްކޫލް
  • މައި ކޮލެޖް
  • އެމްއެންޔޫ ހިތަދޫ ކެމެޕަސް
  • މައި ކޮލެޖް ހިތަދޫ ކެމްޕަސް
  • މިއާންޒް އިންޓަނޭޝަނަލް ސްކޫލް
  • އައްޑޫ ފްރެންޑްސް ކްލަބް
  • އެކުއެޓޯރިއަލް ފިޝިންގ ކްލަބް
  • ދިރާގު އައްޑޫ ބްރާންޗް
  • ސްކީމް
  • އެކްސްޕްރެސް ނިއުސް
  • ކައުންސިލް ބިއުރޯ
  • މަރަދޫ ޓައުން އޮފީސް
  • ހިތަދޫ ޓައުން އޮފީސް
ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.