ޕްލޭޔަރ އޮފްދަމެޗް، ސީނު އަތޮޅު މަދުރަސާގެ އަހުމަދު އަޒާން ޝަމްވީލް [ފޮޓޯ: ޝަރީ]

ކުޅިވަރު

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ހިތަދޫ ސްކޫލް އަދި ސ.އަތޮޅު ސްކޫލް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 މެއި 2023 , ބުދަ 19:42   143

ވޭންއޫދް 15 އަހަރުންދަށް، އެފްއޭއެމް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގައި، ބުދަ ދުވަހު ކުޅުނު ތިންވަނަ މެޗު ކާމިޔާބުކުރީ ސީނުއަތޮޅު ސްކޫލުންނެވެ.

ހިތަދޫ ސްކޫލާއި ދެކޮޅަށްކުޅެ ސީނު އަތޮޅު މަދުރަސާއިން މިމެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ޖެހިފައި ނުވެއެވެ.

ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލު ސީނު އަތޮޅު ސްކޫލް އަށް ޖަހައިދިނީ އެޓީމުގެ މުޙައްމަދު ޔާމީންއެވެ. އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން އަހުމަދު އަޒާން ޝަރީފް އެޓީމަށް ދެވަނަ ގޯލު ކާމިޔާބުކޮށްދިނެވެ. ތިންވަނަ ގޯލު ޖަހައިދިނީ 63 ވަނަ މިނެޓުގައި މުޙައްމަދު ނޫޙް ސަމީއެވެ.

މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ. ރެފްރީކަން ކޮށްފައިވަނީ އާސިފް މުޙައްމަދެވެ.

މެޗާއި ގުޅޭ ފޮޓޯތައް

އިތުރު މަޢްލޫމާތު :

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

ޓެގްސް: އެފްއޭއެމް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.