ޕްލޭޔަރ އޮފްދަމެޗް، ޝަރަފުއްދީން ސްކޫލްގެ ޚަލަފް އަހުމަދު ސިފާން

ކުޅިވަރު

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ޝަރަފުއްދީނުން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 މެއި 2023 , ހުކުރު 10:54   252

ވޭންއޫދް 15 އަހަރުންދަށް، އެފްއޭއެމް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގައި، ބުރާސްފަތި ދުވަހު ކުޅުނު މުބާރާތުގެ ހަތަރުވަނަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލުންނެވެ.

ގއ. ގެމަނަފުށީ ސްކޫލާއި ދެކޮޅަށްކުޅެ ޝަރަފުއްދީން ސްކޫލުން މިމެޗު ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަ ގޯލް ޖަހާފައިވަނީ ޝަރަފުއްދީން ސްކޫލްގެ އަހުމަދު ލާދިން ރަޝީދު އެވެ. ދެވަނަ ގޯލު ޖެހީ އެޓީމުން ހަލަފް އަހުމަދެވެ.

ގެމަނަފުށި ޓީމަށް ގޯލެއް ޖެހޭވަރުވީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މިގޯލް ޖަހައިދީފައިވަނީ އެޓީމުގެ އިސްމާއިލް ހަނަން ރަޝީދުއެވެ.

ޝަރަފުއްދީން ސްކޫލްގެ އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު އީޒާން ރަޝީދު، ހަލަފް އަހުމަދު، މުޙައްމަދު ރާކިން މަޖީދު، އަދި އިބްރާހިމް ޔަޒީން ރިޔާޒް އެވެ.

ގެމަނަފުށީ ޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ ދެވަނަ ހާފް ފެށުނުތަނާ، އަހުމަދު އައިކް ބިން ސަމީރުއެވެ.

މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކަފައި ނުވެއެވެ. ރެފްރީކަން ކޮށްދީފައިވަނީ އަބްދުﷲ މަސީޙުއެވެ.

ފޮޓޯތައް:

އިތުރު މަޢްލޫމާތު :

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

ޓެގްސް: އެފްއޭއެމް ޝަރަފުއްދީން ސްކޫލް ގެމަނަފުށި ގެމަނަފުށި ސްކޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.