ފިނޭންސް މިނިސްޓްރީ، ސަރުކާރު ޙަވާލުވިއިރާއި ބަލާއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑު، ވަޒީފާތައް އިތުރެއް ނުވޭ

ހަބަރު

ޤައުމީ އުފެއްދުންތެރިކަން 100 ބިލިއަނުން މައްޗަށް، ދަރަނިތައް ބޮޑު، ފޮނިމީރުކަމެއް ނެތް!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 މެއި 2023 , އާދީއްތަ 09:41   290

ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް [ނުވަތަ ޖީޑީޕީ] މިއަހަރުތެރޭގައި 100 ބިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކޮފިއެވެ.

ޖީޑީޕީއަކީ ޤައުމަކުން ވަކި މުއްދަތެއްގެ ތެރޭގައި އުފައްދައި ވިއްކާ އެންމެ ފަހުގެ މުދަލާއި ހިދުމަތުގެ ބާޒާރުގެ އަގު ވަޒަންކުރާ ފައިސާގެ މިންގަނޑެކެވެ. ޖީޑީޕީ ގެ މިންގަނޑު އެންމެ ގިނައިން ބޭނުންކުރަނީ ގައުމެއްގެ އިގްތިސާދީ އަދި މާލީ ޤާބިލުކަން މިނެ ކިރުމަށްޓަކައެވެ.

ކޮވިޑްގެ ބަލިމަޑުކަމަށްފަހު، ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާރު ހުރީ 12.3 އިންސައްތައިގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ވެރިކަން ހިންގާ އެމްޑީޕީ ކޯލީޝަން ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމާއި ޙަވާލުވިއިރު، ޤައުމީ އުފެއްދުންތެރިކަން ހުރީ 86 ބިލިއަނުގައެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞޯދު 20 ބިލިއަން ރުފިޔާއިން އިތުރަށް ފުޅާވެފައިވާކަމަށް ރިޕޯޓްތައް ދައްކައެވެ.

އުފެއްދުންތެރިކަން ރަނގަޅުވުމުގެ ސަބަބުކަމަށް އިޤްތިޞޯދީ މާހިރުން ދެކެވަޑައިގަންނަވަނީ ގިނަ ޢަދަދަކުން ސަރުކާރުން ރާއްޖޭގެ އެތެރެއާއި ބޭރުން ލޯނު ގަނަމުން ދިއުމެވެ.

އަދި މިކުރިއެރުމުން ރައްޔިތުންނަށް ޙަޤީގީ ފައިދާއާއި ފޮނިމީރުކަން ލިބޭތޯ އެއީވެސް ސުވާލެކެވެ.

އުފެއްދުންތެރިކަން އިތުރުވެފައިވާތީ ސަރުކާރުން އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުންދާއިރު، ތަކެތީގެ އަގުތައް 2019 އަހަރާއި އަޅައިބަލާއިރު ބޮޑު ދަނީ އިތުރުވަމުންނެވެ. އިޤްތިޞާދީ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީވެސް އިގްތިޞޯދު ފުޅާވާކަމަށް ދައްކާ ސަބަބެކެވެ.

ވަޒީފާތައް އިތުރުވެފައި ނުވެއެވެ. މީހުންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރިކަން އިތުރުވެފައި ނުވެއެވެ. ފައިސާ އިން ކުރެވޭ ބޭނުންތައް (ޕާޗޭސިން ޕަވާރ) އިތުރުވެފައި ނުވެއެވެ.

ނުވިތާކަށް ދަރަނީގެ ބޯކަޅު ވިލާގަނޑެއް އެބައޮތެވެ. ދައުލަތުގެ ވުމައްޒަފުންނަަށް މުސާރަދިނުމަށްޓަކައި، ދެމަހުން އެއްމަހު ދެބިލިއަނުން، ތިން ބިލިއަނުން ބޮންޑް (ކުރު މުއްދަތުގެ ލޯނު) ވިއްކަންޖެހެއެވެ.

ބޮޑެތި ލޯތަކުން ސަރުކާރުގެ އިންފްރާސްޓްރަކްޗާރ ޕްރޮޖެކްޓްތައް ނިންމަން މަސައްކަތްކުރި ނަމަވެސް، ގިނަ ޕްރޮޖެކްޓައް ހުރީ ނުނިމިއެވެ. ދަރަނީގެ ޢަދަދުތައް ވަނީ ފަހަނަޅައި ގޮހެވެ. އިތުރަށް ޕްރޮޖެކްޓްތައް ނިންމެން އޮތީވެސް އިތުރަށް ލޯނު ނަގައިގެންނެވެ. ސުވާލަކީ ހަމަ އެވަރުންވެސް އެ ޕްރޮޖެކްޓްތައް ނިންމަންޖެހޭ ހެއްޔެވެ.

ފެށިއިރުވެސް މިއީ ލިސްޓުގެ އެންމެ ކުރީގައި ކުރަންޖެހޭ ކަންކަންތޯ ނުބަލައެވެ. މިހާރުވެސް ނުބަލައެވެ.

ވެރިކަމެއްގެ ޓާމް ނިމިގެންދާއިރު، ރައްޔިތުންނަށް ވީ ވަޢުދުތަކާއި ރައްޔިތުންގެ އުއްމީދުތަކުން ޙާޞިލްކޮށްދެވުނީ ކިހާވަރެއްތޯ މިއީ ޖަވާބު ލިބެންޖެހޭ ބޮޑު ސުވާލެވެ.

ޓެގްސް: ކޮލަމް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.