ދިވެހި ގުރޫޕަކުން ޢުމްރާއަށް ގެންދާ ޢުމްރާވެރިންތަކެއް

ހަބަރު

ހައްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރާނީ 50 އިންސައްތަ އަށްވާ ފައިސާކަމަށް ޕެންޝަން އޮފީހުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 މެއި 2023 , ހޯމަ 12:18   180

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެގޮތް ފަހިކޮށްފައިވާއިރު، ފައިސާ ދޫކުރާނީ 50 އިން ސައްތައަށްވާ ފައިސާކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މީގެކުރިން އެއޮފީހުން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ދޫކުރާނެ ގޮތުގެ ޤަވާޢިދެއް ވެސް އެކުލަވާލާފައެވެ.

އިތުރަށް ޕެންޝަން އޮފީހުން ބުނެފައިވަނީ މި ފުރުޞަތު ފަހިކޮށްދެވޭނީ އެ އޮފީހާއިއެކު އެއްބަސްވުން ހަދާފައިވާ، އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ޕެންޝަން އޮފީހުގައި ރަޖިސްޓްރީވުމަށް، ހައްޖަށް މީހުން ގެންދާ ގްރޫޕްތަކަށް ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ނަމަވެސް މިހާތަނަށް ކުރިމަތިލާފައިވާ މީހުންގެ ޢަދަދު ސާފުވެފައިނުވެއެވެ.

ޤަވާޢިދުގައި ބުނާގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނީ ފަންޑުގައި ޖުމްލަ ޢަދަދު 336،000 ރ. އަށް ވުރެގިނަ ފައިސާ ރައްކާކުރެވިފައި ހުރިނަމައެވެ.

ޓެގްސް: އިސްލާމީ ދުނިޔެ ޙައްޖުގެ އަޅުކަން ޕެންޝަން ފަންޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.