ދާދިފަހުން ސައިންސްވެރިންތަކެއް ވަނީ އެމެރިކާގެ ފްލޮރިޑާގެ ބީޗަކުން މީހެއްގެ ފުޓްޕްރިންޓުން ޑީއެންއޭ ދެނެގަނެފައި

ދުނިޔެ

ތުނި ވައިންނާއި ބީޗުގައި ހުންނަ ފުޓްޕްރިންޓްތަކުން ވެސް މިހާރު ޑީއެންއޭ ހޯދޭ

އަލީ އަޒްޔަން - އެމެރިކާ | 17 މެއި 2023 , ބުދަ 12:23   215

މީހެއްގެ ރުހުކަމަކާއި ނުލައި މިހާރު ޑިއެންއޭގެ ޖެނެޓިކް ޑޭޓާ ނަގައި އެނަލައިޒްކުރުމުގެ ޤާބިލުކަން ހޯދާފައިވާކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިތަޙްލީލުތަކުގައި ބޭނުންކޮށްފައިވަނީ ތިމާވެށިން (ބީޗުގައި، ދޮންވެލި ގަނޑުގައި ހުރި ވެލާ ކަހަނބުތަކުގެ ފުޓް ޕްރިންޓްތަކުން) ނެވެ. މި މަޢްލޫމާތުތައް ބޭނުންކޮށްގެން ސައެންސްވެރިންނަށް އެތަކެއްޗަށް ޖެހިފައިވާ ބަލިތަކާއި، އާބާދީތަކުގެ ޖެނެޓިކް ތާރީޚްތަކާއި ގުޅޭ މުހިއްމު މަޢްލޫމާތުތައް ދެނެގަނެވެއެވެ.

އަދި ހަތަރު ވޮލަންޓިއަރެއްގެ ފަރާތުން ދޮންވެލި ވެލިގަނޑުގައި ހެދިފައިވާ ފުޓްޕްރިންޓްތަކުން ޑީއެންއޭ ހޯދާފައިވެ އެވެ. ހުއްދައާއެކު އެމީހުންނަށް ބައިވެރިންގެ ޖީނޯމްގެ ބައެއް ސިކުއެންސްތައް އެއްކުރެވުނެވެ. ދެން ދިރާސާވެރިން ވަނީ އާންމު ދުވަހުން ދުވަހަށް ކުރާ ކަންތައްތަކުގައި ހަ މީހަކު މަސައްކަތް ކުރާ ޖަނަވާރުތަކުގެ ކްލިނިކެއްގެ 280 އަކަފޫޓުގެ ކޮޓަރިއަކުން ވައިގެ ސާމްޕަލް ވެސް ނަގާފަ އެވެ. އެ ޓީމުން ވަނީ ސްޓާފް ވޮލަންޓިއަރުންނާއި ޖަނަވާރު ބަލިމީހުންނާއި އާންމު ޖަނަވާރުގެ ވައިރަސްތަކާ އެއްގޮތްވާ ޑީއެންއޭ ހޯދައިފަ އެވެ.

"ޒާތީ، ތާރީޚީ އަދި ސިއްޙަތާއި ގުޅޭ މިމަޢްލޫމާތުތައް ވެށިން އެއްވެސް އެހުމަކާއި ނުލައި އަދި ޚަރަދަކާއި ނުލައި އެބަހޯދޭ" ފްލޮރިޑާ ޔުނިވާސިޓީގެ ޕްރޮފެސަރ ޑޭވިޑް ޑަފީ ވިދާޅުވެފައިވެއެވެ.

ނަމަވެސް ތިމާވެށީގައި ހުންނަ މިމަޢްލޫމާތުތަކުން އިންސާނާގެ ޑީއެންއޭ ހޯދުމުގެ ގާބިލްކަމުން ލިބުމުން، ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ސައިންސްވެރިން އިތުރަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ޒާތީ މަޢްލޫމާތު ޢާއްމުވުމާއި، ލޮކޭޝަން ޓްރެކިން އާއި، ޑޭޓާ ހާވެސްޓް ކުރުމާއި، ވަކިވަކި ފަރުދުން ނުވަތަ ގްރޫޕްތަކުގެ ޖެނެޓިކް ސަރވޭލަންސް މަޢްލޫމާތުތައް ޢާއްމުވުން ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ދިރާސާކޮށް، ސިޔާސަތުތަކެއް ކަނޑައަޅަން ސިޔާސީ ފަރާތްތަކަށް ގޮވާލާފައިވެސް ވެއެވެ.

ޓެގްސް: ސައެންސްގެ އާ ހޯދުންތަކާއި އީޖާދުތައް ސައެންސްވެރިން ޑީއެންއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.