2015 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިކުރުވި އެލްނީނޯ ހީޓްވޭވް ދައްކުވައިދޭ މަންޒަރެއް

ދުނިޔެ

ދުނިޔެ ހޫނުވުން، 2027 ވަނަ އަހަރާއި ހަމައަށް ދާއިރު ހޫނުމިން 1.5 ޑިގްރީ އިތުރުވާނެކަމަށް ސައެންސްވެރިން ލަފާކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 18 މެއި 2023 , ބުރާސްފަތި 10:04   228

ހޫނު ގަދަވަމުންދާ އަޅުގަނޑުމެންގެ މި ދުނިޔެ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކީ ޓެމްޕަރޭޗަރ ލިމިޓެއް ރިކޯޑްމިންވަރަކަށް އިތުރުވާނެކަމަށް ސައިންސްވެރިން ލަފާކޮށްފިއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިހާރާއި 2027 އާ ދެމެދު 1.5 ސެލްސިއަސްގެ ގްލޯބަލް ވޯޓިންގ ތްރެޝްހޯލްޑް ފަހަނައަޅައި ދިއުމުގެ %66 ފުރުސަތު މިހާރު އެބައޮތެވެ.

އިންސާނުންގެ ހަރަކާތްތަކުން ޖައްވަށް ބޭރުވާ ގޭސްތަކާއި މިއަހަރުގެ ފަހުކޮޅު އެލް ނީނޯގެ ޒާތަށް މޫސުން ގޯސްވުމުގެ ފުރުސަތު ބޮޑުކަން ވެސް އެއީ ސައިންވެރިން ކަންބޮޑުވާކަންކަމެވެ.

އެކަމަކު މިއީ، ވަގުތީކަމަކަށް ވުން އެކަށީގެންވާކަމަށް ވެސް ސައިންސްވެރިން ބުނެފައިވެއެވެ.

1.5 ސެލްސިއަސްގެ އަދަދު ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގެ ރަމްޒަކަށް ވެފައިވާއިރު، 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ފިނިހޫނުމިން 1.5 ސެލްސިއަސް އަށް ތިރިކޮށް ހިފެހެއްޓުމަށް "މަސައްކަތްތައް ކުރިއަށް ގެންދިއުމަށް" ގައުމުތަކުން އެއްބަސްވި އެވެ.

1.5 ސެލްސިއަސް އަށް ވުރެ މައްޗަށް ހޫނުމިން ދިއުމުން ސަބަބުން ހޫނު ރާޅުތައް ދިގުވުމާއި، ގަދަ ތޫފާންތަކާއި، ކުޅިތަކުގައި އަލިފާން ރޯވުން ފަދަ އަސަރުތައް ބޮޑުވެގެންދާނެއެވެ.

މީގެކުރިން ލަފާކުރި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 1.5 ސެލްސިއަސް މުގުރާލުމުގެ ފުރުސަތު އޮތީ %20 އަށް ވުރެ ކުޑައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް %50 އަށް އިތުރުވެފައިވާއިރު، މިހާރު %66 އަށް މައްޗަށްޖެހިފައިވެއެވެ.

ސައިންސްވެރިން ބުނަނީ ގޭސް ބޭރުކުރާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްގެން ދުނިޔެ ހޫނުވުން ހަނިކުރުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށެވެ.

ޓެގްސް: ދުނިޔެ ހޫނުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.