ކޮކޫން - ޖޯއި އައިލެންޑް : ރިސޯޓެއްގައި ވަޒީފާ އަދާކުރަން ބޭނުންވާފަރާތްތަކަށް ރަނުގެ ފުރުޞަތެއް

ހަބަރު

ޖޯއި އައިލެންޑް އޯޕެންޑޭއި، ބުރާސްފަތި ދުވަހު އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 މެއި 2023 , ހޮނިހިރު 13:27   38

މާލެއާއި އުތުރުން އޮންނަ، ކޮކޫން ކަލެކްޝަނުން ހިންގާ ޖޯއި އައިލެންޑްގެ ފަރާތުން އޯޕެންޑޭ ގެ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ކުރިއަށް ގެންދާނެއެވެ.

ޖޯއި އައިލޭންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗްގައި 40 މިނިޓުން ދެވޭ 151 ކޮޓަރީގެ ލަގްޒަރީ ރިސޯޓެކެވެ.

މޭމަހުގެ 25 އިން ޖޫން މަހުގެ 12 އަށް ޖޯއި އައިލެންޑުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މިޙަރާކާތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިންނެވެ.

ވަޒީފާގެ ފަހި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢްލޫމާތު ދެވިގެންދާނެ މިއޯޕެންޑޭ އޮންނާނީ އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަހުގައި އަންނަ ބުރާސްފަތި ދުވަހު ގެ ހަވީރު 3 އިން ރޭގަނޑު 10 އަށް ކަމަށް އެކުންފުނީގެ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

އައްޑޫ ސިޓީގެ އިތުރުން މިޙަރަކާތް ބޭއްވުމަށް ރާވާފައިވާ ތަންތަން:

  • 25 މޭއި - އައްޑޫ ސިޓީ އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި
  • 28 މޭއި - ފުވައްމުލަކު ޒިކުރާ ކޮލެޖްގައި
  • 1 ޖޫން - ތިނަދޫ ފެރީ ޓާމިނަލް އަދި މިއުޒިއަމްގައި
  • 4 ޖޫން - ލާމު ގަން ޔޫތް ސެންޓަރުގައި
  • 7 ޖޫން - ކުޅުދުއްފުށި އެޑިއުކޭޝަން ސެންޓަރުގައި
  • 10 ޖުން - ހއ. ދިއްދޫ އެޑިއުކޭޝަން ސެންޓަރުގައި
  • 12 ޖޫން - މާލެ، ސަމާ ބީޗް މޯލްޑިވްސް ގައި

މިޙަރަކާތުގެ ތެރެއިން ލިބިގެންދާނެ މުހިއްމު މަޢްލޫމާތުތަކުގެ ތެރޭގައި ވާޒީގެ ބެނެފިޓްސް ތަކާއި، ވަޒީފާގެ މާޙައުލާއި، ވަޒީފާގައި ކުރިއަށް ދިއުމާއި ކުރިއެރުން ހޯދުން، ކެރިއަރ ގްރޯތް، އަދި ވޯކް-ލައިފް-ބެލެންސް ފަދަ މުޙިއްމު ދާއިރާތަކުން ގިނަ މަޢްލޫމާތުތަކެއް ބައިވެރިންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

މިއޯޕެންޑޭއިގައި ބައިވެރިވުމުގެ ފުރުޞަތު އައްޑޫގައި ތިއްބެވި ރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވަން ބޭނުންވާ ހުރިހާފަރާތްތަކަށް ހުޅުވިފައިވާކަމަށް ވެސް ޖޯއި އައިލެންޑުން މަޢްލޫމާތު ދެއްވާފައިވެއެވެ.

އަދި އިތުރު ޚާއްޞަކަމެއްގެ ގޮތުގައި، ހޮސްޕިޓަލިޓީ އާއިގުޅޭ މަޢްލޫމާތު ސެޝަނެއް، ކޮކޫން ކަލެކްޝަންސް ގެ މެނޭޖްމެންޓްގެ ފަރާތުން ބުރާސްފަތި ދުވަހުގެރޭ 8-9 އަށް އޮންނާނެކަމަށް ވެސް އެފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

ކޮކޫން ކަލެކްޝަންސްގެ ޖޮއި އައިލެންޑް ރިސޯޓްގެ މަންޒަރެއް

އިވެންޓާއި ގުޅޭ ވީޑިއޯ އިސްތިހާރެއް

ޓެގްސް: ދިވެހިރާއްޖޭގެ ރިސޯޓްތައް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.