ވެންއޫދު އެފްއޭމް ފުޓުބޯޅަ 2023 ގައި މިއަދު ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ޖެހި ޕެނަލްޓީއާއިއެކު، ސ.އަތޮޅު މަދުރަސާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފޯރިގަދަ އަދި ވާދަވެރި މި މެޗުގައި ފުރަތަމަ ހާފު ނިމުނުއިރު ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ޖެހިފައި ނުވެއެވެ.
ނަމަވެސް، ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ސ.އަތޮޅު މަދުރަސާއިން ގޯލެއްޖަހައި ލީޑު ހޯދިއެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޒާން ޝަމްވީލެވެ.
ފޭދޫ ސްކޫލުން ރައްދުގައި ކުޅުންވަރުގަދަކޮށް، އެޓީމުގެ މުޙައްމަދު ސާއިމް ފާއިޒް އޭގެ ފަނަރަވަރަކަށް މިނެޓްފަހުން ގޯލެއްޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނެވެ.
މެޗުގައި ދެޓީމަށް ވެސް އިތު ގޯލު ޖަހާނެ ގިނަ ފުރުޞަތުތައް ލިބުނުނަމަވެސް، ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އެއްވަރުވެފައި އޮތުމުން ޖެހުނީ ޕެނަލްޓީޖަހައިގެން މޮޅުވާޓީ ނިންމުމަށެވެ.


ސ.އަތޮޅު މަދުރަސާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިން
- ހުސެން މިޝްއަލް ތައުފީޤް
- މުޙައްމަދު ޔާމިން
- އަހުމަދު އަލްހަން ހަފްސަން
- އަހުމަދު އަޒާން ޝަމްވީލް
- އަހުމަދު ޔަސާލް ޔަސީން
- ކިނާން ޙިޔާޒް ޙަސަން
ފޭދޫ ސްކޫލަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިން
- މުޙައްމަދު ސާއިމް އިބްރާހިމް ފާއިޒް
- ޢަލީ ސާމީ ސިމާދު
- އިސްމާޢިލް އީތަން އިމްރާން
- ހުސެން ޒާރިފް ހަސަން
- އިސްމާޢިލް ތަހާމީ ސަޢީދު
މެޗުގެ މޭން އޮފްދަ މެޗުކަން ހޯދާފައިވަނީ ވެސް އެންމެ ފަހު ގޯލް [ޕެނަލްޓީ] ސ.އަތޮޅު މަދުރަސާއަށް ކާމިޔާބުކޮށްދިން ކިނާން ޙިޔާޒް ޙަސަން އެވެ.
މެޗުގައި ސ.އަތޮޅު މަދުރަސާއިން ހުސެއިން މިޝްއަލް ތައުފީޤަށް އަދި ފޭދޫ ސްކޫލުން އިސްމާޢިލް އީތަން އިމްރާނަށް ރީނދޫކާޑު ދައްކާފައިވެއެވެ.
މެޗުގައި ރެފްރީކަން ކޮށްފައިވަނީ އާސިފް މުޙައްމަދެވެ. އެސިސްޓެންޓް ރެފްރީއަކީ މުޙައްމަދު ޢަލީ އެވެ. އިތުރުން އެހީތެރިންގެ ގޮތުގައި މޫސާ ފަތުހީ އަދި އަބްދުލް މަސީޙް ރެފްރީކަންކޮށްފައިވެއެވެ.
މުބާރާތުގައި ދެން ކުޅޭނީ ފައިނަލް މެޗެވެ. މިމެޗު އޮންނާނީ، މުބާރާތް ނިންމުމުގެ ރަސްމިއްޔާތާއިއެކު އައްޑޫ ފުޓުބޯޅަ ދަނޑުގައި ހޯމަދުވަހުގެ ހަވީރު 4.00 ގައެވެ. ބައްދަލުކުރާނީ ސ.އަތޮޅު މަދުރަސާއާއި ޝަރަފުއްދީން ސްކޫލެވެ. ދެޓީމުގައި ވެސް ހުނަރުވެރި މޮޅުކުޅުންތެރިން ހިމެނެއެވެ.
މެޗުގެ ތެރެއިން [ފޮޓޯތައް]
މެޗުގެ ތެރެއިން [ރިކޯޑެޑް ލައިވްސްޓްރީމް]
އިތުރު މަޢުލޫމާތު
މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.
މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.
މިލިޔުމާއި ގުޅޭ
ވެންއޫދް އެފްއޭމް އިންޓަރސްކޫލް ފުޓުބޯޅަ، މުބާރާތުގެ ފައިނަލަށް އެއްކޮޅުން ޝަރަފުއްދިން ސްކޫލް
ވެންއޫދް ޔޫ-15 ފުޓުބޯޅަ : ޝަރަފުއްދީނުން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި
ވެންއޫދް ޔޫ-15 ފުޓުބޯޅަ : ހިތަދޫ ސްކޫލް އަދި ސ.އަތޮޅު ސްކޫލް
ވެންއޫދް ޔޫ-15 ފުޓުބޯޅަ : ފުރަތަމަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލް