ރައްޔިތުންގެ މަޖިލީސް، އެމްޑީޕީ އަށް ނިސްބަތްވަނީ މިހާރު 55 މެމްބަރުން

ހަބަރު

އެމްޑީޕީ 12 މެމްބަރުން ވަކިވުމާއިއެކު، މިނިވަން މެމްބަރުންގެ ޢަދަދު 17 އަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 މެއި 2023 , ހޯމަ 11:58   197

ވެރިކަންކުރާ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 12 މެމްބަރަކު ވަކިވެވަޑައިގަނެ ރައީސް މުޙައްމަދު ނަޝީދު އާއިއެކު މަސައްކަތްކުރައްވަން ފެއްޓެވުމާއިއެކު، މަޖިލީހުގައި ތިބީ އެޕާޓީގެ 55 މެމްބަރެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވަކިވި 12 މެމްބަރުންގެ ނަންތައް މިހާރު މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ނައިބުރައީސްކަން ވެސް ކުރައްވާ އީވާ ޢަބްދުއްﷲ ވިދާޅުވިއެވެ.

ވަކިވި މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނިވަޑައިގަނެއެވެ.

އީވާގެ ހިމެނޭގޮތަށް އެމްޑީޕީން ވަކިވި މެމްބަރުން:

  1. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ
  2. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
  3. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  4. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
  5. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
  6. މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
  7. ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް
  8. މަޑަވެލީ ދާއިރާ މެންބަރު ޙުސައިން ފިރުޝާން
  9. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަޠީފު
  10. ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު
  11. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
  12. މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

އެމްޑީޕީގެ އިތުރުން މިވަގުތު ޕީޕީއެމްގައި ތިބޭނީ 5 މެމްބަރެކެވެ. ޕީއެންސީ ގައި ތިބީ 3 މެމްބަރުންނެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އެމްޑީޕީ އެމްޕީ އީވާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.