ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެމްޕީ ނިހާދު ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަލާންކުރައްވަނީ

ހަބަރު

ވެންއޫދް އެފްއޭއެމް ފުޓުބޯޅަ، ނިންމުމުގެ ރަސްމިއްޔާތާއިއެކު މުބާރާތުގެ ފައިނަލް މެޗް މިއަދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 22 މެއި 2023 , ހޯމަ 12:16   434

ވެންއޫދް އެފްއޭއެމް ފުޓުބޯޅަ، ނިންމުމުގެ ރަސްމިއްޔާތާއިއެކު މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި އޮންނާނެއެވެ.

މި މުބާރާތަކީ މޭމަހުގެ 8 ގައި ފެށި، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލުން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވެފައިވެއެވެ.

މިއަދުގެ ފައިނަލް މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ޝަރަފުއްދީން ސްކޫލެވެ. އަނެއްކޮޅުން ބައްދަލުކުރާނީ ސީނު އަތޮޅު މަދުރަސާއެވެ.

ޝަރަފުއްދީން ސްކޫލް ފައިނަލަށް ދިޔައީ ފޯރިގަދަ ކުޅެއް ދައްކައި ހިތަދޫ ސްކޫލް ބަލިކޮށްގެންނެވެ. ސީނު އަތޮޅު މަދުރަސާ ސެމީގައި ވާދަކުރީ ފޭދޫ ސްކޫލާއި އެވެ. އެމެޗް ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއަދުގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތާއި ވަނަ ވަނައަށް ދާ ފަރާތްތަކަށް މެޑެލް އާއި ޓްރޮޕީ އަދި ސެޓްފިކެޓް ދިނުން ވެސް އޮންނާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

ސެމީ ފަނަލްގައި ސީނު އަތޮޅު މަދުރަސާ އާއި ފޭދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ސެމީ ފައިނަލްގައި ނިކުތް ޝަރަފުއްދީން ސްކޫލްގެ ޓީމާއި އެމްޕީ ނާޒިލް ސަލާންކުރައްވަނީ

އިތުރު މަޢްލޫމާތު

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

މިލިޔުމާއި ގުޅޭ

ވެންއޫދު އެފްއޭމް ފުޓުބޯޅަ 2023 : ކިޔާންގެ ފަހު ޕެނަލްޓީއާއިއެކު ސީނު އަތޮޅު މަދުރަސާ މުބާރާތުގެ ފައިނަލަށް

ވެންއޫދް އެފްއޭމް އިންޓަރސްކޫލް ފުޓުބޯޅަ، މުބާރާތުގެ ފައިނަލަށް އެއްކޮޅުން ޝަރަފުއްދިން ސްކޫލް

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ޝަރަފުއްދީނުން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ހިތަދޫ ސްކޫލް އަދި ސ.އަތޮޅު ސްކޫލް

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ފުރަތަމަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލް

ވެންއޫދް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް ފެށުން

ޓެގްސް: ފުޓުބޯޅަ އައްޑޫގައި ބޭއްވޭ ކުޅިވަރު އިވެންޓްތައް އެފްއޭއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.