މިއަދު ހަވީރު ކުޅުނު ފައިނަލް މެޗަށްފަހު ޝަރައްފުއްދީން ސްކޫލުން ތަށި އުފުލާލަނީ

ހަބަރު

15 އަހަރުން ދަށުގެ ތަށި ޝަރަފުއްދީން ސްކޫލުން ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 މެއި 2023 , އަންގާރަ 11:38   297

ވެންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލުން ހޯދައިފިއެވެ.

މި މުބާރާތަކީ މޭމަހުގެ 8 ގައި ފެށި، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލުން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވެފައިވެއެވެ.

ޝަރަފުއްދީނުން ސްކޫލުން ފައިނަލުގައި ސ.އަތޮޅު މަދުރަސާ އާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 25 ވަނަމިނެޓުގައި ޝަރަފުއްދީން ސްކޫލްގެ ޚަލަފް އަހުމަދު ޝިފާން އެވެ. އޭނާ ވަނީ މެޗުގެ ޕްލޭޔަރ އޮފްދަމެޗްކަން ވެސް ހޯދާފައެވެ.

ޚަލަފް ގޯލުޖެހިތާ 5 މިނެޓު ފަހުން އަނެއްކާވެސް އެޓީމުން އަބްދުއްﷲ އަބްސަލް އަހުމަދު ގޯލެއް ޖަހައިދިނެވެ. ޚަލަފް އާއި އަބްސަލްގެ އިތުރުން ހަސަން ލައިޖް އާތިފް އަދި މުޙައްމަދު ނާވީ އަޒްވަރް، މުޙައްމަދު އީޒަން ރަޝީދެ ވެސް ޝަރަފުއްދީނަށް ގޯލު ޖަހައިދީފައިވެއެވެ.

ސ. އަތޮޅު މަދުރަަސާގެ ހަމައެކަނި ގޯލު ޖަހައިދީފައިވަނީ 51 ވަނަ މިނެޓުގައި ހުސެއިން މިޝްއަލް ތައުފީގެވެ.

މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައިނުވެއެވެ. ރެފްރީކަން ކޮށްފައިވަނީ އާސިފް މުޙައްމަދެވެ. އެސިސްޓެންޓް ރެފްރީކަން ކޮށްފައިވަނީ އަބްދުލް މަސީޙް އާއި މުޙައްމަދު ޢަލީ އެވެ. ފޯތް އޮފިޝަލަކީ އިބްރާހިމް ސިރާޖެވެ. މެޗު ކަމިޝަނަރަކީ އަހުމަދު ބަޝީރެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތާއި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑެލް، ޝީލްޑް، އަދި ސެޓްފިޓެކްތައް ދީފައިވެއެވެ.

ޝަރަފުއްދީން ސްކޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން

  • އިސްމާޢިލް ހައްނާނު ރުޝްދީ (ގެމަނަފުށި)
  • އިބްރާހިމް ދާއިން ރަޝީދު (މަރަދޫ)
  • ޒާކީ މުޖްތަބާ ޒާހިރު (މަރަދޫ)
  • އަހުމަދު އަލްވިން ހަސަން (ހިތަދޫ)
  • އިބްރާހިމް ޝާހީ ޝިމާލް (ފޭދޫ)
  • މުޙައްމަދު ސާއިމް އ.ފާއިޒު (ފޭދޫ)
  • އަހުމަދު އަޒާން ޝަމްވީލް (ސ.އަތޮޅު)
  • ހަސަން ލާޖީ އާތިފް (ޝަރަފުއްދީން)
  • ޚަލަފް އަހުމަދު ޝިފާން (ޝަރަފުއްދީން)
  • މުޙައްމަދު ނާޙް ނާޒިމް (ޝަރަފުއްދީން)

އެންމެ މޮޅު ގޯލްކީޕަރ

  • ކިނާން ހިޔާޒް ހަސަން (ސ.އަތޮޅު)

އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ

  • އިބްރާހިމް ދާއިން ރަޝީދު (މަރަދޫ)

ފެއާޕްލޭ ކުޅުންތެރިޔާ

  • މުޙައްމަދު އާއިޝް އިބްރާހިމް

ފެއާޕްލޭ ޓީމް

  • ހިރާ ސްކޫލް

ފައިނަލް މެޗް ރެކޯޑެޑް-ލައިވް

ފައިނަލް މެޗުގެ ފޮޓޯތައް

އެވާޑިން ސެރެމަނީގެ ފޮޓޯތައް

އިތުރު މަޢްލޫމާތު

މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

މިލިޔުމާއި ގުޅުންހުރި

ވެންއޫދް އެފްއޭއެމް ފުޓުބޯޅަ، ނިންމުމުގެ ރަސްމިއްޔާތާއިއެކު މުބާރާތުގެ ފައިނަލް މެޗް މިއަދު

ވެންއޫދު އެފްއޭމް ފުޓުބޯޅަ 2023 : ކިޔާންގެ ފަހު ޕެނަލްޓީއާއިއެކު ސީނު އަތޮޅު މަދުރަސާ މުބާރާތުގެ ފައިނަލަށް

ވެންއޫދް އެފްއޭމް އިންޓަރސްކޫލް ފުޓުބޯޅަ، މުބާރާތުގެ ފައިނަލަށް އެއްކޮޅުން ޝަރަފުއްދިން ސްކޫލް

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ޝަރަފުއްދީނުން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ހިތަދޫ ސްކޫލް އަދި ސ.އަތޮޅު ސްކޫލް

ވެންއޫދް ޔޫ-15 ފުޓުބޯޅަ : ފުރަތަމަ މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލް

ވެންއޫދް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް ފެށުން

ޓެގްސް: ޝަރަފުއްދީން ސްކޫލް އެފްއޭއެމް ޝަރަފުއްދީން ސްކޫލް އައްޑޫގައި ބޭއްވޭ ކުޅިވަރު އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.