އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވް (އެފްއެސްއެމް) މެދުވެރިކޮށް މިޞްރުން ގަނެފައިވާ ތެޔޮ ބަރުކުރާ ދެ ބޯޓު އުތުރު އިރުމަތީ އެފްރިކާގެ ޤައުމެއްގައި ހިފަހައްޓައިފިއެވެ.
ބޯޓުތައް ހިފަހައްޓާފައިވަނީ އާބާދީގައި ގާތްގަނޑަކަށް 6 މިލިއަން މީހުން ދިރިއުޅޭ، އެރިޓްރިއާ ކިޔާ ޤައުމެއްގައެވެ.
މުޅިން އަލަށް ބަނދެފައިވާ މި ބޯޓުތައް ހިފަހައްޓާފައިވަނީ ޤަވާޢިދާއިޚިލާފަށް އެޤައުމަށް ވަދެފައިވާތީއެވެ. ނަމަވެސް ބޯޓާއި ޙަވާލާދީ އެސްޓީއޯއިން ބުނެފައިވަނީ، އެޤައުމަށް ބަނދަރުކުރަން ޖެހުނީ ވިއްސާވުމުގެ ސަބަބުން ކަމަށެވެ.
އެސްޓީއޯ އިން އިތުރަށް ބުނެފައިވަނީ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ދިވެހި ޚާއްރިޖިއްޔާގެ އޮފިޝަލަކާއި އެސްޓީއޯގެ އޮފިޝަލަކު މިހާރު އެޤައުމަށް ދަތުރުކުރަން މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް، ވިސާ ހޯދުމުގައި ވެސް ދަތިކަން އެބަހުރިކަމަށެވެ. އަދި މައްސަލައިގައި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާކަމަށް ވެސް ބުނެފައިވެއެވެ.

ބޯޓުތައް މިހާރު އެޤައުމުގައި ބަނދަރުކޮށްފައި ތިބޭތާ މަހެއްހާ ދުވަސް ވެގެންދާއިރު، ބޯޓުފަހަރުން ކާބޯތަކެތި ވަނީ ހުސްވާން ފަށާފައެވެ.
ބޯޓުތަކުގައި ކްރޫއިންގެ ގޮތުގައި ތިބީ ދިވެހިންކަމާއި، ބޯޓު ފަހަރު ގަންނަން އެސްޓީއޯ ޚަރަދުކޮށްފައިވަނީ ކިހާވަރެއްގެ ފައިސާއެއްކަމެއް މިހާތަނަށް ސާފުވެފައިނުވެއެވެ.
މި ދެބޯޓަކީ ވެސް އެމްޑީޕީގެ މިސަރުކާރު ވެރިކަމަށް އައިތަނާއި ކަހަލަގޮތަކަށް ބަނުމަށް ޙަވާލުކޮށްފައިވާ ދެބޯޓުކަމަށް އެނގިފައިވެއެވެ.