ޗައިނާގެ ކޮމެކް ކުންފުނިން އުފައްދާފައިވާ ސީ919 މަރުކާގެ މަތިންދާބޯޓު، ޗައިނާއިނެ މީގެ 150 ބޯޓު އަހަރަކު އުފައްދާނެ

ހަބަރު

ޗައިނާއިން ޕަސިންޖަރު ފްލައިޓެއް ފުރަތަމަ ފަހަރަށް އުފައްދައި، ކާމިޔާބުކަމާއިއެކު އުދުއްސާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 މެއި 2023 , އާދީއްތަ 13:36   247

ޗައިނާގެ ފުރަތަމަ ކޮމާޝަލް ފްލައިޓު އެޤައުމުން އުފައްދައި އުދުއްސާލައިފިއެވެ.

ސްޓޭޓް ޓީވީން ދައްކާފައިވާ ގޮތުގައި ސީ919 ޝަންހާއީގެ މައްޗަށް އުޑުމައްޗަށް އުފުލިގެން ދިޔައިރު، އާދީއްތަ ދުވަހުގެ ވަގުތެއްގައި ވެރިރަށް ބެއިޖިންއަށް ދަތުރުކޮށްފައިވެއެވެ.

ދުނިޔޭގައި މިހާތަނަށް މަތިންދާބޯޓު އުފެއްދުމުގައި ނަގައި ކިޔަމުން އަންނަ ހަމައެކަނި ދެކުންފުންޏަކީ އެއަރބަސް އާއި ބޯއިންއެވެ. ބޯއިން އަކީ އެމެރިކާގެ ކުންޏެކެވެ. އަދި އެއަރބަސް އަކީ ޔޫރަޕަށް ނިސްބަތްވާ ފަރަންސޭސި ކުންފުންޏެކެވެ.

ޗައިނާގެ ކޮމާޝަލް އޭވިއޭޝަން ކޯޕަރޭޝަން އޮފް ޗައިނާ (ކޮމަކް) ކުންފުނިން މިއުޅަނދު އުފައްދާފައިވަނީ ބޯއިން އާއި އެއަރބަސް އާއި ވާދަކުރުމުގެ މަޤްޞަދުގައެވެ.

އެކަމަކު 164 މީހުންގެ ޖާގައިގެ މި އުޅަނދު [ފްލައިޓް] އަދި އޮތީ ވަރަށް ބޮޑަށް ބަރޯސާވެފައިއޮތީ ހުޅަނގުގެ ޤައުމުތަކުން އުފައްދާ ބޯޓުތަކުގެ ބައިތަކަށެވެ. އޭގެ ތެރޭގައި އިންޖީނާއި އެވިއޮނިކްސް ސާމާނު ވެސް ހިމެނެ އެވެ.

ޝަންހާއީ އިން ބެއިޖިން އަށް 130 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ފުރަތަމަ ދަތުރު ނިންމާލީ ތިން ގަޑިއިރު ނުވަނީހެވެ.

ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދޭ ޗައިނާ އީސްޓަން އެއާލައިނުން މީގެ ފަސް ބޯޓަކަށް މިހާތަނަށް އޯޑަރު ދީފައިވެއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރަކު 150 ބޯޓު އުފެއްދުމަށް ރާވާފައިވާ ކޮމެކް ކުންފުނިން ބުނާ ގޮތުގައި މިހާރު ވެސް ސީ919 ގެ 1،200 އަށް ވުރެ ގިނަ އޯޑަރު ހޯދާފައިވާ ކަމަށެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މި އޯޑަރުތަކުގެ ތެރެއިން ގިނައީ ޗައިނާގެ ކަސްޓަމަރުންނެވެ.

މީގެ ދެތިން އަހަރު ކުރިން މޮކްއަޕް ސީ919 ގެ ކޮކްޕިޓްގައި އިށީނދެވަޑައިގެންނެވި ރައީސް ޝީ ޖިންޕިން ވަނީ މި މަޝްރޫއަކީ ޗައިނާގެ އެންމެ ފަހުގެ، އަދި އަލަށް ލިބުނު އިތުރު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓެގްސް: ޗައިނާ ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.