ޖަރުމަން ވިލާތުގެ ޗާންސެލަރ އޯލާފް ސްކޯލްސް އަދި ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕުޓިން

ވިޔަފާރި

ޖަރުމަނުން ތެލައް ދައްކަން ޖެހޭ ފައިސާ އަގައުމުގެ ފައިސާއިން ބޭނުންވާކަމަށް ރަޝިއާއިން ބުނެފި

އަލީ އަޒްޔަން - ކ. މާލެ | 30 މާރޗް 2022 , ބުދަ 20:31   246

ގޭހުގެ އަގު ބޮޑުވެ ގޭސް ފޯރުކޮށް ދިނުމަށް ބުރޫ އަރާފާނެކަމަށް ޖަރުމަންވިލާތުން ބުނެފިއެވެ.

ރަޝިއާ އިން ބޭނުންވަނީ އެގަމާއި "ބީރައްޓެހި" ޤައުމުތަކުން ގޭސް ގަތުމުގައި، 31 މާރޗުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އެޤައުމުގެ ފައިސާ ކަމަށްވާ ރަޝިއަން-ރުބްލް އިން ކަމަށެވެ.

މީގެ ކުރިން ޔޫރޯ އިން ފައިސާ ދައްކަމުން އައި ވިލާތުގެ ޤައުމުތަކުން ވަނީ މިކަމާއި ދެކޮޅު ހަދާފައެވެ.

ބީބީސީ ބުނާގޮތުން ޖަރުމަނަށް ބޭނުންވާ ގޭހުގެ ދެބައިކުޅަ އެއްބައި އަދި ތެލުގެ ދެބައިކުޅަ އެއްބައި އެތެރެކުރަނީ ރަޝިއާ އިންނެވެ. ޖަރުމަނުން ބުނެފައިވަނީ މިތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެއްޖެ ނަމަ އެގަމުގެ އިޤްތިޞާދު ރިސެޝަނަކަށް ދާނެ ކަމަށެވެ.

ދިރާސާކުރައްވާ ފަރާތްތަކުން ބުނާ ގޮތުން ރިޝިއާއިން ދިފާޢުގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ވެއްޓިފައިވާ ފައިސާގެ އަގު ވަނީ ރަނގަޅުވާން ފަށާފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.