މިސީޒަނުގައި މެސީ ވަނީ ޕީއެސްޖީއަށް 16 ގޯލު ޖަހައިދީފައި

ކުޅިވަރު

ޕީއެސްޖީއަށް ލީގު ކާމިޔާބުކޮށްދިން ގޯލާއިއެކު މެސީ ވަނީ ރޮނާލްޑޯގެ ގޯލް ރެކޯޑު މުގުރާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 28 މެއި 2023 , އާދީއްތަ 14:02   243

ފަރަންސޭސި ފުޓުބޯޅަ ލީގުގައި، ސްޓްރާސްބާގް އާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިނަމަވެސް، މިމެވުގައި އާޖެންޓީނާގެ ހުނަރުވެރި ސްޓްރައިކަރ ލިއަނެލް މެސީ ޖަހައިދިން ގޯލާއިއެކު، އޭނާ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލް ރެކޯޑް މުގުރާލާފައެވެ.

ކިލިއަން އެމްބާޕޭގެ ޕާހަކުން މެސީގެ ސްޓްރައިކް ކުރި ބޯޅަ ވެގެން ދިޔައީ ޔޫރަޕްގެ ގަދަ ފަސް ލީގުގައި އޭނާ ހޯދި 496 ވަނަ ގޯލަށެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ 495 ލަނޑަށް ވުރެ އެއް ލަނޑު އިތުރު ޢަދަދެކެވެ.

މިއީ ޕީއެސްޖީއަށް އޭނާ ކުޅުނު 32 ވަނަ މެޗެވެ. މި މޫސުމުގައި ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވޭތީ މިއީ އޭނާގެ އެންމެ ފަހު މެޗު ކަމަށް ވެސް ވުން ގާތެވެ.

ރޭގެ މެޗުން ޕީއެސްޖީއަށް ލިބުނީ އެންމެ ޕޮއިންޓެއް ނަމަވެސް، މިޕޮއިންޓާއިއެކު، އެޓީމަށް ވަނީ ލީގު ޓައިޓްލް ކަށަވަރުވެފައެވެ.

މޭސީ ގެ ލަނޑު، ޕީއެސްޖީގެ މެޗުތެރެއިން

ޓެގްސް: ޕީއެސްޖީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.