ކުޑަކުއްޖާ އަށް ޖިންސީގޯނާ ކުރި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލް މެމްބަރު ޒަރީރުގެ ސިޓީއެއް ރައީސަށް

ހަބަރު

ކުޑަކުއްޖާ އަށް ޖިންސީގޯނާ ކުރި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލް މެމްބަރު ޒަރީރުގެ ސިޓީއެއް ރައީސަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 މާރޗް 2022 , ބުދަ 21:44   397

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފެންމަތިވެފައިވާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައާއި ގުޅިގެން ކުރާ އިޙްތިޖާދު އިތުރުވެ ސިލްސިލާ މުޒާހަރާތައް ދަނީ ކުރަމުންނެވެ.

މިއަދު ވެސް ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމަ މިިދަނޑިވަޅުގައި އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ރަސްގެދަރު ދާއިރާގެ ކައުންސިލް މެމްބަރު ހަސަން ޒަރީރު ކަންބޮޑުވުން ފާޅު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަށް އިއްޔެ ސިޓީއެއް ފޮނުއްވައިފިއެވެ.

ޒަރީރުގެ ސިޓީގައި ޤާނޫނު ތަންފީޒު ކުރުމުގައި ހަމަހަމަ ކަމަށް ގޮވާލައި، އެއްވެސް ފަރާތަކަށް ހައްގު ނޫން އަދަބެއް ނުލިބޭނެކަން ޔާގީންކުރުމަށް ގޮވާލާފައި ވެއެވެ. އަދި ތަޙްޤީގް އަވަސްކޮށް ދެއްވައި އިންސާފު ހޯދައިދިނުން އަވަސް ކުރުމަށް އެދިފައިވެއެވެ.

ޒަރީރުގެ ސިޓީއަށް ފަހު، މިއަދު އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ދަޢުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް މައްސަލަ އަވަސްކޮށްދެވުމަށް އެދި ބަޔާނެއް ނެރެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.