ވިއެޓްނާމުން ރާއްޖެއަށް އިމްޕޯޓްކުރާ ލިނބޯ ކޭހެއް

ވިޔަފާރި

ލުނބޯގެ އަގު ވަރަށް އަވަހަށް ތިރިވާނެ

އަލީ އަޒްޔަން - ކ. މާލެ | 31 މާރޗް 2022 , ބުރާސްފަތި 20:54   414

ބާޒާރުގައި ތަކެތީގެ އަގު ރޯދަ އާއި ދިމާކޮށް އުފުލުމަކީ ޢާއްމުކޮށް ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ހިނގާ ކަމެކެވެ.

މިފަހަރު ރޯދަ އައިސް ޖެހުނު އިރު ގިނަ ބާވަތްތަކުގެ ހުރީ އެހެން އަހަރުތަކާއި ޚިލާފަށް ދަށްކޮށެވެ. ނަމަވެސް ލިނބޯގެ އަގު ވަނީ ވަރަށް ބޮޑުތަން އުފުލިފައެވެ.

މިގޮތުން މިހާރު ބާޒާރުގައި ލިނބޯ އަގު މިހާރު ހުރީ 120ރ. އާއި 140ރ. އާއި ދެމެދު އެވެ.

ބާޒާރުގައި ވިޔަފާރި ހިންގާ ފަރާތްތަކުން ބުނާގޮތުން ލިނބޯގެ އަގު މަތިވެފައިވަނީ ކަނޑު ރޯދައަށް ގެނައި ޝިޕްމެންޓްގެ އައުން ލަސްވުމާއި އެކު މަތިން ގެންނަ ޝިޕްމެންޓްތަކުގެ ޚަރުބޮޑުކަމުންނެވެ.

ނަމަވެސް މިހާރު ވިއެޓްނާމުން ގެނައި ލިނބޯ ހުރި ބޯޓު މާލެ ވަދެފައި ވާކަމަށާއި، މާލަސްތަކެއް ނުވެ އެތަކެތި ނެރެވޭނެ ކަމަށެވެ. އަދި ނެރެވުމުން އަގު ކުރިއަށް އޮތް ދުވަސްތަކުގައި ތިރި ވަމުން ދާނެ ކަމަށެވެ.

ވިޔަފާރިތަކުން ބުނާގޮތުން ލިނބޯގެ އަގު 60ރ. އަށް ތިރި ވާނެ ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.