ޖޯން އަބްރަހަމްގެ އާ ފިލްމް 'އެޓޭކް' ބޮކްސް އޮފީހުގައި މިއަދު ދައްކަން ފަށައިފި އެވެ.
ތްރިލާރ ނުވަތަ ކްރައިމް މި ފިލްމް ކުރިން ހިޓަކަށް ވާނެކަމަށް ބެލެވުނަސް، ބޮކްސް އޮފީހުގައި ފެށުން އެހާ ރަނގަޅު ކަމަކަށް ނުދަށްކައެވެ.
މިއަދު ވިއްކާލެވުނީ ގާތްގަނޑަކަށް 25 ޕަސެންޓް ޓިކެޓެވެ. އެއީ ބޮޑު ޢަދަދެއް ނޫނެވެ. ބޮޑު ތަފާތެއް އައިސްގެން ނޫނީ ހަފްތާ ނިމޭއިރު ރަނގަޅު ނަތީޖާއެއް ދައްކާނެކަމަކަށް ނުބެލެވެއެވެ.
ވީޑިއޯ: މި ފިލްމުގެ އޮފިޝަލް ޓްރެއިލާ، 36 މިލިއަން މީހުން ވަނީ ބަލާފައި
ބޮކްސް އޮފީސް މަސައްކަތް ކުރާގޮތުން ފުރަތަމަ ހަފްތާގައި ކާމިޔާބު ހޯދިގެން ނޫނީ މާބޮޑު ކާމިޔާބެއް ޖުމްލަކޮށް ފިލްމަށް ލިބުމަކީ ނާދިރު ކަމެކެވެ.