އިދްރިސް އެލްބާ އަދި ރެޝްމިން ޗައުދަރީ ގުރުނަގަން އޮތް ސްޓޭޖްގައި

ކުޅިވަރު

ވޯޑްކަޕް 2022: ގުރުނަގައި ސްޕެއިން އަދި ޖަރުމަން އެއް ގްރޫޕެއްގައި ޖެހިއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 2 އޭޕުރިލް 2022 , ހޮނިހިރު 11:35   268

އަންނަ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ކުޅޭ 'ފީފާ ވޯލްޑްކަޕް 2022' ގެ ގްރޫޕް ސްޓޭޖްގައި ވާދަކުރާނެ ޤައުމުތައް ކަނޑައެޅުމަށްޓަކައި ބޭއްވުނު ގުރުލުން މިއަދު (ހުކުރު ދުވަހު ހަވީރު) ޤަތަރުގެ ވެރިރަށް ދޯހާގައި ބާއްވައިފިއެވެ.

މިޙަރަކާތް އޮތީ 'ދޯހާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރ' ގައެވެ.

ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕޭން، ޖަރުމަން އަދި ޖަޕާން ވަނީ އެއްގުރޫޕް އެއްގައި ޖެހިފައެވެ. އެއީ 'ގްރޫޕް-އީ' އެވެ. ފްރާންސް ގްރޫޕް-ޑީ ގައި އޮތް އިރު، މަޝްހޫރުތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ޓީމް ޕޯރޗުގަލް ލައްވާލީ ގްރޫޕް-އެޗް ގައެވެ.

ފަސް ފަހަރަށް ތަށި ހޯދާފައިވާ ބްރެޒިލް އޮތީ ގްރޫޕް-ޖީ ގައެވެ. ގްރޫޕް ސްޓޭޖްގައި ބްރެޒިލް ވާދަ ކުރާނީ ސާބިއާ، ސްވިޒާލޭންޑް އަދި އެފްރިކާ ސަރަޙައްދުގެ ޤައުމެއް ކަމަށްވާ ކެމަރޫން އާއެވެ.

ވީޑިއޯ: ގުރުނެގެމުން ދިޔަ ގޮތާއި ގްރޫޕްތައް ބެހުނުގޮތަ

މި މުބާރާތުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބައްދަލު ކުރާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ޤަތަރާއި، ލެޓިން-އެމެރިކާ ސަރަޙައްދުގެ ޤައުމެއް ކަމަށްވާ އެކުއެޑޯރ އާއެވެ.

މިމުބާރާތުގައި ޖުމްލަ 32 ޓީމް ވާދަ ކުރާއިރު މިހާތަނަށް 29 ޓީމަށް ވަނީ ޖާގަ ކަށަވަރު ކުރެވިފައެވެ. ބަކީ އިން 3 ޖާގަ އަށް ގޮތެއް ނިންމޭނީ އަންނަ ޖޫން މަހު އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.